ދިވެހިރާއްޖެ
ފުނަދޫ ކައުންސިލް މުވައްޒަފުންގެ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި އިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާ، މަޢުލޫމާތާއި އެއްގޮތަށް ފުނަދޫ ކައުންސިލް މުވައްޒަފުންގެ ޔުނީފޯމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިކަމަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅުން
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށްދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
29 ޞަފަރަ 1448
12 އޮގަސްޓް 2026
