ދިވެހިރާއްޖެ
ފ.ނިލަންދޫ ކައުންސިލް އިދާރާއާއި މިއިދާރާގެ ބެލުމުގެ ދަށުގައިވާ އެކިއެކި އިމާރާތްތަކުގައި ހަރުކޮށްފައި ހުރި އެއާރކޮންޑިޝަނަރ ތައް 06 މަސްދުވަހުގެ މުއްދަތަށް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ މި އިދާރާގެ ނަންބަރު:(IUL)374-D/374/2026/17 (22 ޖޫން 2026) އިޢުލާނުގައި އިދާރީގޮތުން ފުރިހަމަ ކުރަންޖެހޭ ބައެއް ލިޔެކިޔުންތަށް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން ހަވާލާދީފައިވާ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު: (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު: (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ. މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 އޮގަސްޓު 11 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.
ވީމާ، މިމަސައްކަތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2026 އޮގަސްޓު 20 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.
