އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: ( ބަނދަރުގައި ފެންއިސްކުރާއި، މަސްކަނޑާނެ އަށްޓެއް ހެދުން )
މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ބަދަރުގައި ފެންއިސްކުރާއި، މަސްކަނޑާއަށްޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، ކޯޓޭޝަން ހުށަހެޅުއްވުމަށް ތިރީގައި ދަންނަވާފައިވާ ދުވަސްތަކުގައި ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.
|
މަޢުލޫމާތު ސާފުކުރުން
|
- މަޢުލޫމާތު ސާފުކުރުން އޮންނާނީ 13 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ޅޮހި ކައުންސިލްގެ އިދާރާގައެވެ.
|
|
ކޯޓޭޝަން ހުށަހެޅުން
|
- ކޯޓޭޝަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 16 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހުގެ 10:30 ގައި މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާގައެވެ.
- ކޯޓޭޝަން ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ޙާޟިރުވާ ފަރާތްތަކުގެ ކޯޓޭޝަން ބަލައި ނުގަނެވޭނެއެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި
|
- ކޯޓޭޝަން
- ކުންފުނީގެ ރަޖިސްޓަރީ ކޮޕީ
- ވެރިފަރާތުގެ އައި.ޑީ.ކާޑު ކޮޕީ
|
|
އިތުރު މަޢުލޫމާތު
|
- އެކަށީގެންވާ އަދަދަށް ކޯޓޭޝަން ލިބިފައި ނުވާނަމަ އަދި ހުށަހަޅާފައިވާ އަގާއި މުއްދަތު އެކަށީގެން ނުވާނަމަ މި އިޢުލާނު ބާޠިލްކުރުމުގެ އިޚްތިޔާރު މިލަދުންމަޑުލު ދެކުނުބުރީ ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުނުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންވެސް ފޯނު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގަނެވޭނެއެވެ.
- މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ފޯން: 6560032 (ރަސްމީ ގަޑީގައި)
- އީމެއިލް: [email protected]
|
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.