ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސެކިއުރިޓީ އޮފިސަރ

                  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ނަންބަރު: 57-K/IU/2026/37 (22 ޖުލައި 2026) އިޢުލާންއަށް އެކަށީގެންވާ އަދަދަކަށް ޝަރުޠު ހަމަވާ ފަރާތްތަކެއް ކުރިމަތިލައްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން އެ މަގާމަށް އިޢުލާން ކުރަމެވެ. 

މަޤާމުގެ ނަން:

 ސެކިއުރިޓީ އޮފިސަރ

ރޭންކު:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓު

 އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް

ބޭނުންވާ ޢަދަދު:

 4

ތައުލީމާއި ތަޖުރިބާ:

  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން،  ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދިނުން.
  • ސާޖަންޓް އެޓް އާމްސް ނުވަތަ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް ހިންގުމާ ހަވާލުވެ ހުރި ވެރިއެއްގެ ލަފަ އާއި އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލިސްކުރާގެ އާއި މަޖިލީހުގެ އިދާރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، މަޖިލީހާއި މަޖިލީހުގެ އިދާރާގެ ކަރާމަތާއި ރައްކާތެރިކަން ހިފެހެއްޓުމަށްޓަކައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހިފަހަންޓަންޖެހޭ ހަމަތައް ތަންފީޒުކުރުމުގެ މަސައްކަތްކުރުން.

މަޤާމާ ގުޅޭ ޚާއްޞަ ޝަރުތު އަދި ޝަރުތުހަމަވާފަރާތްތައް ޝޯޓްލިސްޓްކުރުމަށް ހަމަޖެހިފައިވާގޮތް:

  • މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތައް ކަމުގައި ބަލާނީ މަޤާމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހެއްކަމަށް ވުމާއެކު، ފިރިހެނެއް ނަމަ އިސްކޮޅުގައި ދަށްވެގެން 5 ފޫޓް 4 އިންޗި ހަމަވާ ނުވަތަ އަންހެނެއް ނަމަ އިސްކޮޅުގައި މަދުވެގެން 5 ފޫޓް ހަމަވާ ފަރާތްތަކެވެ.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި ކޮށްފައިވާ ޚިދުމަތް ކަމުގައި ބަލާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިންޓަރނަލް ސެކިއުރިޓީ އެންޑް އެސްކޯޓް ސަރވިސަސް، ޤައުމީ ދިފާޢީ ބާރު، ދިވެހި ފުލުހުންގެ ޚިދުމަތް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އަދާ ކޮށްފައިވާ ޚިދުމަތަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް މި އިދާރާއިން ދޭ ޕްރެޓިކަލް ޓެސްޓުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތައުލީމަށް 25%، ތަޖުރިބާ އަށް 15%، ތިޔަރީ ޓެސްޓަށް 20% ދިނުމުން އެންމެ ގިނަ މާކްސް ލިބޭ 20 ފަރާތެވެ. އިންޓަވިއުއަށް ކަނޑައެޅިފައިވަނީ %40 އެވެ.

އަސާސީ މުސާރަ:

މަހަކު 6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ހަމަޖެހިފައިވާ އުސޫލުން 4,400 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3,500 ރުފިޔާ

- ޚާއްޞަ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20

- ހަމަޖެހިފައިވާ އުސޫލުން ޕްރޮފެޝަނަލް އެލަވަންސް

- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ

ސުންގަޑި:

 20 އޯގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން.

ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:    

 

ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.

https://majlis.gov.mv/apply

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
  • ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (މިއިދާރާގައި މަސައްކަތްކުރާކަމުގެ ތަޖުރިބާގެ ލިޔުން ހުށަހަޅާކަށް ނުޖެހޭނެ)
12 އޮގަސްޓް 2026
ހޯދާ