މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ޓުވާރޑްސް ރިސްކް-އެވެއަރ އެންޑް ކްލައިމެޓް ރެސިލިއަންޓް ކޮމިއުނިޓީސް (ޓްރެކްޓް)" މަޝްރޫއުއަށް ޕްރޮޖެކްޓް އެސިސްޓަންޓެއް ހޯދުމާއި ގުޅޭ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިޔަށް ގެންދާ "ޓުވާރޑްސް ރިސްކް-އެވެއަރ އެންޑް ކްލައިމެޓް ރެސިލިއަންޓް ކޮމިއުނިޓީސް (ޓްރެކްޓް)" މަޝްރޫއު އަށް ޕްރޮޖެކްޓް އެސިސްޓަންޓެއްގެ މަގާމަށްކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގައި ގާއިމުކުރެވޭ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައެވެ.

 

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، ޕްރޮޖެކްޓް މުވައްޒަފެއްނަމަ ޕްރޮޖެކްޓް ޑިރެކްޓަރގެ 'ނޯ އޮބްޖެކްޝަން' ސިޓީ އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ، 20 އޮގަސްޓު 2026  ވަނަ ދުވަހުގެ މެންދުރު  12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައް ކަމުގައި ދަންނަވަމެވެ.

ހިއުމަން ރިސޯސް ޑިޕާރޓްމެންޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ދަރުބާރުގެ، ފާޝަނާ މާލަމް، 20096، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯން: 3018300

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް ލިބިގެންވެއެވެ.

12 އޮގަސްޓް 2026
ހޯދާ