ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ވަށާފާރުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ހއ. ވަށަފަރު ގަބުރުސްތާނުގެ ވަށާފާރު އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ކައުންސިލުން ފޯރުކޮށްދޭގޮތަށެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމަސައްކަތުގެ އަގު ހުށަހަޅާ ފޯމާއި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތްކުރުމަށް އެދި ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]  

ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 9157188 އަށް.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 އޮގަސްޓް 2026
ހޯދާ