މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

  • އަންދާސީހިސާބު ބޭނުންވެއްޖެ.

ކ.ގުރައިދޫގައި ޤާއިމުކުރެވޭ ކުޑަކުދިންގެ ޕާކުގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި މިކައުންސިލުން ހަދާފައިވާ ކުރެހުންތަކާއި މަޢުލޫމާތާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް ތިރީގައިވާ ތާރީޚުތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

15 ފެބުރުވަރީ 2016

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

ކ.ގުރައިދޫ ކައުންސިލް އިދާރާ

21 ފެބުރުވަރީ 2016

އާދީއްތަ

11:00

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުވާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތްވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

07 ފެބުރުވަރީ 2016
ހޯދާ