ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 18 ވަނަ ޢާއްމު ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/16 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 18 ވަނަ އާއްމު ޖަލްސާ (2026/23)

ޖަލްސާ ބޭއްވި ތާރީޚް: 09 އޮގަސްޓް 2026

ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް

ކައުންސިލްގެ ނިންމުން

މައްސަލައިގެ ޚުލާޞާ:

-          މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ފޮނުވާފައިވާ ތ. އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި އަދި ނެރު ކެނޑުމުގެ ކޮންސެޕްޓް ޑިޒައިން އާއި ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

-          ބީލަން އުޞޫލުން އަލަށް ދޫކުރެވުނު ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަށާއި އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކުގެ އެއްބަސްވުމަށް، އެ ބިންތަކުގެ ރުއްގަހުގެ ބަދަލު ދިނުމުގެ ކަންކަމާއި އަދިވެސް އިދާރާއިން ކުރަން ހުރި އެހެނިހެން ކަންތައްތައް ކުރުމަށް ބޭނުންވާ މުއްދަތު އެނގޭގޮތަށް މާއްދާއެއް ލުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން. 

-          ބަދިގޭގައި އުފެދޭ ކުނި އުކުމަށް ޙާއްސަކުރާ ސްޕޮޓް ހެދުމަށް ބޭނުންވާ ތަކެތި ގަތުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

-          ތ. އޮމަދޫ ބަނދަރު އަޕްގްރޭޑް ކުރުމާއި އަދި ނެރު ކެނޑުމުގެ ކޮންސެޕްޓް ޑިޒައިން ޢައި ގުޅޭގޮތުން، މި ޕްރޮޖެކްޓް މިނިސްޓްރީއިން ފޮނުވާފައި އިން ޑްރާފްޓާ އެއް ގޮތަށް އެޕްރޫވް ކުރުމަށް ކައުންސިލްގެ އިއްތިފާގުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

-          އެހެންކަމުން ބީލަން އުޞޫލުން އަލަށް ދޫކުރެވުނު ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަށާއި އަދި ދަނޑުވެރިކަން ކުރުމަށް ދޫކުރާ ބިންތަކުގެ އެއްބަސްވުމަށް، އެ ބިންތަކުގެ ރުއްގަހުގެ ބަދަލު ދިނުމުގެ ކަންކަމާއި އަދިވެސް އިދާރާއިން ކުރަން ހުރި އެހެނިހެން ކަންތައްތައް ކުރުމަށް 3 މަހުގެ މުއްދަތެއް ދެވޭނެކަން އެނގޭގޮތަށް އެގްރިމަންޓް އަށް މާއްދާއެއް އިތުރުކުރަން ފެނިވަޑައިގަންނަކަމަށް" ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

-          ބަދިގޭގައި އުފެދޭ ކުނި އުކުމަށް ޙާއްސަކުރާ ސްޕޮޓް ހެދުމަށް ބޭނުންވާ ތަކެތި ގަތުމަށް ކައުންސިލްގެ އިއްތިފާގުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

 

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2

12 އޮގަސްޓް 2026
ހޯދާ