ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/15 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 17 ވަނަ އާއްމު ޖަލްސާ (2026/23)
ޖަލްސާ ބޭއްވި ތާރީޚް: 07 އޮގަސްޓް 2026
ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް
ކައުންސިލްގެ ނިންމުން
މައްސަލައިގެ ޚުލާޞާ:
- ދަތުރު ހިޔާއަށް ގެންނަން ޖެހޭ ބަދަލްތަކާމެދު މަޝްވަރާކޮށް އަލުން އިޢުލާންކުރުމާމެދު ގޮތެއްނިންމުން.
- މަންފާގޯތީ ވަށާފާރު ރޭނުމާމެދު މަޝްވަރާކޮށް ގޮތެއްނިންމުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ދަތުރުވެރިންގެ ހިޔާގެ މެއިންބޮޑީ ކަމަށްވާ ފުރާޅު 6 ތަނބު އަދިތަޅުން، ފުރަތަމަ ފިޔަވަހީގެ ގޮތުގައި ހަދަން އިއުލާން ކުރަން" ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
- ބަޖެޓް ކޮންޓްރޯލް ހަދައިގެން މަންފާގޯތީ ވަށާފާރު ރޭނުމުގެ މަސައްކަތްތައް ކުރުމަށް" ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2
