މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުން

 

ނ.ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މުނިސިޕަލް މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމް ބުނުމުން، ބަދަލުގައި މުވައްޒަފުން ހަމަޖެއްސުމަށާއި ޚާއްޞަ މަސައްކަތްތަކާއި ކުނިމެނޭޖްކުރުމަށް ވޭޖް އުސޫލުން މަސައްކަތްކުރާނެ މުވައްޒަފުންގެ ޕޫލެއް އެކުލަވާލުމަށްޓަކައި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

ސްވީޕަރ، ގްރޭޑް 1

ބޭނުންވާ އަދަދު:

10 (ދިހައެއް)

މަޤާމުގެ ގިންތި:

ވޭޖް އުސޫލުން 1 އަހަރު ދުވަސް

މަޤާމުގެ ރޭންކު:

ޕްބަލިކް ސާރވިސް ރޭންކް 1

ސެކްޝަން:

މުނިސިޕަލް އެންޑް ވޭސްޓް މެނޭޖްމަންޓް ސާރވިސަސް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ، ނ. ކެނދިކުޅުދޫ / ދިވެހިރާއްޖެ

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 65.00 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރަޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ރައްކާތެރި ގޮތުގައި ކުނިނައްތާލުމުގެ ޕްރޮގުރާމްގައި ބައިވެރިވެ އެހީތެރިވެ ދިނުން އަދި ޢަމަލީ މަސައްކަތް ކުރުން.
  4. އިޖުތިމާޢީ މަރުކަޒްތަކާއި، ކުޅިވަރުކުޅޭ އާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި، ކުޅިވަރުގެ ވަޞީލަތް ތަކާއި އާއްމު ޕާކްތަކާއި މުނިފޫހިފިލުވުމާއިބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ސާފްކޮށް ބެލެހެއްޓުން.
  5. މިސްކިތުގެ ގޯތިތެރެއާއި ފާޚާނާ ބަރިއާއި، ވުޟޫކުރާ އިސްކުރުބަރި ސާފްކޮށް ބެލެހެއްޓުން.
  6. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ކުރެވޭނެ އިންތިޒާމް ޤާއިމްކޮށް ދިނުމާއި ، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
  7. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން.
  8. އާސާރީ ތަންތަންގެ ގޮތުގައި ކަނޑައެޅިފައިވާ ތަންތަނުގެ ގޯތިރެއާއި، ސަރަހައްދުތަކުގެ ގަސްކޮށައި، ސާފުކޮށް ބެލެހެއްޓުން.
  9. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން އެގޮތުން މަގުތަކުގައި އުފެދޭ ވަޅުގަނޑުތައް ފަސްލައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާތަކެއްޗަށް އުނދަގޫ ނުވާނޭހެން އެއްވަރުކޮށް ބެލެހެއްޓުމާއި، މަގު ހިނގާބިނގާވެ އުޅުމަށާއި، ދުއްވާތަކެއްޗަށް ދަތިވާނޭ ގޮތަށް މަގުގައި ހުންނަ ނުވަތަ މަގަށްވާ ގޮތަށް ހުންނަ ގަސްތައް ކޮށައި ބެލެހެއްޓުން.
  10. ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރުމުގެ ތައްޔާރީތައް ވުމުގައި އެހީތެރިކަން ފޯރުކޮށްދީ، ތައްޔާރުކުރާ ތަންތަން ސާފުކޮށް، ޒީނަތްތެރިކުރުން.
  11. މަގުމަތި ކުނިކަހައި ސާފުކުރުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓައި އަތިރިމައްޗާއި އާއްމު އިޖުތިމާއި ސަރަހައްދުތައް ކުނިކަހައި ސާފުކުރުން.
  12. މަގުމަތި ދިއްލައި އަލިކުރުމަށް ހުރަސްއެޅޭ ގޮތަށް ހުންނަ ގަހާއި، އެފަދަ ތަކެތި ދެނެގަނެ، އަލިވާނޭ ގޮތަށް ކޮށައި ބެލެހެއްޓުން އަދި ރޭގަނޑު މަގުމަތި ދިއްލުމަށް ހުންނަ ބައްތިތައް ބަލައި، ނުދިއްލޭ ބައްތިތައް ދިއްލޭނެ ގޮތް ހެދުން
  13. ބަނދަރާއި، ބަނދަރު މައްޗާއި، މާރުކޭޓާއި އާއްމު ފާޚާނާތައް ސާފްކޮށް ބެލެހެއްޓުން.
  14. އެކުލަވާލެވޭ ޕެސްޓްކޮންޓްރޯލް ޕްރޮގްރާމްތައް ހިންގުން އަދި އާއްމު އިޖުތިމާއީ ސަރަހައްދުތަކާއި، ވަލުތެރޭގައި މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުން.

މަޤާމުގެ ޝަރުޠުތައް:

މަގާމުގެ ޝަރުޠުތައް: 

  •  ޢުމުރުން 65 އަހަރުވެފައިވާ މީހަކު ކަމުގައި ނުވުން.
  • ލިޔަންކިޔަން އެނގުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ، ސިއްހަތު ރަނގަޅު މީހަކު ކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Announcement/ViewDownloads/4?OrganisationID=0&IsActive=False&page=2
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުތު ހަމަވުން

50%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އިންޓަރވިއު

40%

 

 

 

 

 

 

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ70% (ހަތްދިހަ އިންސައްތަ)  އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]    މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނަޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 އޮގަސްޓް 2026 އާއި 31 އޮގަސްޓް 2026 އާ ދެމެދު، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560013،6560667 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

28 ޞަފަރު 1448

11 އޮގަސްޓް 2026

11 އޮގަސްޓް 2026
ހޯދާ