ދިވެހިރާއްޖެ
ކ.ގާފަރުއިން ޑައިވް ސެންޓަރާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލުން
ކ.ގާފަރު އިން ޑައިވް ސެންޓަރާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް، 15 އަހަރުދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ދޫކުރުމާގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ވީމާ، ކ.ގާފަރުގައި ޑައިވް ސެންޓަރާއި ވޯޓަރ ސްޕޯޓްސްގެ ވިޔަފާރިކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ކުންފުނީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2023/07) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ބީލަމެކެވެ.
މި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިބީލަމާ ގުޅިގެން ބީލަން ހުށަހަޅާނެ ފޯމެޓް ހިމެނޭ "ބީލަން ފޮތް" ބައްލަވައި ގަންނަން ވާނެއެވެ. އަދި ބީލަން ފޮތް ނުގަންނަ ފަރާތަކަށް މި ބީލަމުގައި ބައިވެރި ނުވެވޭނެއެވެ. ބީލަން ފޮތް 2026 އޮގަސްޓް 17 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ގާފަރު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. ބީލަން ފޮތް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން 'ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް' ފުރިހަމަކޮށް، ފައިސާ ދެއްކިކަމުގެ ރެސިޕްޓް (ބޭންކް ސްލިޕް) މި އިދާރާގެ އީމެއިލް: [email protected] އަށް ފޯމާއިއެކު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ފޮތުގެ އަގަކީ 1،000.00ރ (އެއްހާސް ރުފިޔާ) އެވެ. ބިޑްފޮތް ގަތުމަށް ދައްކާ ފައިސާއަކީ ނޮން-ރިފަންޑަބަލް ފައިސާއެވެ. ބިޑްފޮތް ބައްލަވައިގަތުމަށްޓަކައި ފައިސާ ޖަމާކުރަށްވާނީ ތިރީގައި ތިރީގައި ދީފައިވާ މި އިދާރާގެ ބޭންކް އެކައުންޓަށެވެ.
|
ބޭންކް: |
BANK OF MALDIVES |
|
ބޭންކް އެކައުންޓް ނަން: |
Gaafaru Councilge Idhaaraa |
|
ބޭންކް އެކައުންޓް ނަންބަރު: |
7730000331135 |
މި ބީލަމާ ގުޅިގެން ބީލަންފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2026 އޮގަސްޓް 20 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026 އޮގަސްޓް 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ގާފަރު ކައުންސިލް އިދާރާގައެވެ.
ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާކަމެއްވާނަމަ، އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހުށަހަޅާނަމަ 2026 އޮގަސްޓް 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން އިދާރާއަށް ނުވަތަ އިދާރާގެ މެއިލްއަށް ހުށަހަޅުއްވަން ވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
