ދިވެހިރާއްޖެ
ވޯކްޝޮޕް މަސައްކަތް ކުރުމަށް ކުލީ ބިން ބޭނުންވާ ފަރާތްތަކަށް ބިންތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ހިފުމަށް އެދިލައްވާ ފަރާތްތަކުން 2026 ސެޕްޓެމްބަރ 13 ވަނަ ދުވަހުގެ 30:13 އަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ބިޑު ހުށަހެޅުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެއެވެ. ފޯމެއްގެ އަގަކީ -/100ރ (އެއްސަތޭކަ ރުފިޔާ)އެވެ. ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 12 ވަނަ ދުވަހުން ފެށިގެން 2026 ސެޕްޓެމްބަރ 10 އަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުންނެވެ. އަދި އޮންލައިންކޮށް ފޯމް ބައްލަވައިގަތުމަށް ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ވާރުގޭ ޕޯޓަލް https://vaarugey.hoandedhdhoo.gov.mv/submit-service-request/bid-documents މެދުވެރިކޮށް ފޯމް ބައްލަވައިގަނެ ވޭނެއެވެ. އޮންލައިންކޮށް އަދި ނަގުދު ފައިސާއިން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގެ ސުންގަޑި ހަމަވާނީ 2026 ސެޕްޓެމްބަރ 10 ވަނަ ދުވަހުގެ 14:00 އަށެވެ. ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއިޢުލާނާއިއެކު އާންމުކުރާ ޗާޓުގައި ފާހަގަކުރެވިފައިވާ ތިރީގައި މި ދަންނަވާ ބިމެވެ.
- ބިން ނަންބަރު 48.1 (1200އަފޫޓް)
ބިޑު ހުށަހަޅުއްވަނީ ކުންފުނި/ ކޯޕަރޭޓިވްސް ވިޔަފާރިއަކުން ނަމަ ބިޑު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ، ކުންފުނި/ ކޯޕަރޭޓިވްސްގެ ލިޔުމެއް އަދި ކުންފުނި/ ކޯޕަރޭޓިވްގެ ރަޖިސްޓްރީ/ޕްރޮފައިލް ޝީޓުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރި ބަދަލުގައި މީހަކު ފޮނުއްވައިގެން ބިޑު ހުށަހަޅާނަމަ އެކަން އެނގޭނެ ބިޑުގެ ވެރިފަރާތުގެ ސިޓީއެއް ބިޑްފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި ބަދަލުގައި ހުށަހަޅާނަމަ ކޮންމެފަރާތަކަށް ހުށަހެޅޭނީ ބިމަކަށް އެންމެ ބިޑްފޯމެކެވެ. ކޮންމެ ބިމަކަށް ހުށަހަޅަންވާނީ ވަކި ބިޑް ފޯމެކެވެ. ފޯމް ބައްލަވައިގަތް ފަރާތް ނޫން އެހެން ފަރާތަކަށްވެސް ފައިސާ ދައްކާފައިވާ ފޯމް ބޭނުންކުރެވިދާނެއެވެ. ބިންތަކަށް އެދި ހުށަހެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިނޫން ގޮތަކަށް ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެއެވެ. ބިންތައް ކުއްޔަށް ދިނުމާއިބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާން އާއި އެކު އާންމުކުރެވިފައި ވާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
