އިޢުލާން
ފުނާޑު ކުޅިވަރު ބިމުގައި (ކަނދުވަލި ދަނޑު) ލައިޓް ޕޯސްޓް ތައްޔާރުކޮށް ހަރުކުރުން.
ފުނާޑު ކުޅިވަރު ބިމުގައި (ކަނދުވަލި ދަނޑު) ލައިޓް ޕޯސްޓްތަކެއް ތައްޔާރުކޮށް ހަރުކުރުމަށް ބޭނުންވާތީ، މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ފެބުރުވަރީ 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި ތިރީގައި މިވަނީ އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އަދި އެކަންތައްތަކަށް ޕޮއިންޓް ދޭނެ ދާއިރާތައް ކަމުގައިވެސް ދަންނަވަމެވެ.
މާކްސް ދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭ ގޮތް
|
ތަފުސީލު
|
އަގު
|
60%
|
- ހުށަހަޅާ އަގަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.
|
ތަޖުރިބާ
|
20%
|
- ތަޖުރިބާއަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތަކުގައި މަސައްކަތްކޮށްފައިވާ އަގުތައް އެއްކުރުމަށްފަހު އެންމެ މަތިން ލިބޭ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- ތަޖުރިބާގެ ލިޔުންކަމަށް ބަލާނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔުންތަކަށެވެ.
|
މާލީ ގާބިލުކަން
|
10%
|
- މާލީ ގާބިލުކަން
- މާލީ ގާބިލުކަމަށް ބެލެވޭނީ ޕްރޮޕޯޒަލާއެކު ހުށަހަޅާ ބޭންކް ރިފަރެންސް ލެޓަރ ފަދަ މާލީ ގާބިލުކަން ދެނެގަނެވޭނެ ލިޔުންތަކަށެވެ. ބޭންކު ސްޓޭޓްމަންޓަކީ މާލީ ގާބިލުކަން ކަމަކަށް ނުބެލެވޭނެއެވެ.
|
މުއްދަތު
|
10% |
- މުއްދަތަށް ދެވޭ މާކްސް
- މާކްސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
- މުއްދަތުކަމުގައި ބެލޭނީ ހުށަހަޅާ ވާރކް ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.
|
ޖުމްލަ
|
100% |
- |
29 ރަބީޢުލްއާޚިރު 1437