ދިވެހިރާއްޖެ
ބަނދަރު ބޭނުންކުރުމާއި ގުޅޭގޮތުން މިކައުންސިލުން ފަސްކޮށްފައިވާ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދާއި ޚިލާފަށް ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އުދަނގޫވާގޮތަށް ބަނދަރުގައި އޮޑިދޯނިފަހަރު އަޅަމުން ގެންދާކަން މިކައުންސިލަށް ފާހަގަ ކުރެވިފައިވެއެވެ. ވަކީން ޚާއްސަކޮށް ފަސިންޖަރުން އަރާފޭބުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުތަކުގައި އޮޑިފަހު އަޅާފައިވާކަން ފާހަގަކޮށްލަމެވެ. މިކަން ޙައްލުކުރުމަށްޓަކައި ފަސިންޖަރުން އަރާ ފޭބުމަށް ޚާއްސާކޮށްފައިވާ ހުރިހާ ސިޑިތަކެއް ހުސްކޮށް ކޮންމެ ސިޑިއެއްގެ ދެފަރާތުން 15 ފޫޓް ލިބޭގޮތަށް އުޅަނދުފަހަރު ބަނދަރުގައި ބޭއްވުމަށާއި، މުދާ އަރުވާ ބޭލުމަށް ޚާއްސަކޮށްފައިވާ ރޭމްޕްގެ ދެފަރާތުން 10 ފޫޓް ހުސްކޮށް ބޭއްވުމަށް އަދި ފެން އިސްކުރާއި ދިމާލުން ޖެޓީން 20 ފޫޓް ލިބޭގޮތަށް އުޅަނދުފަހަރު ބަނދަރުގައި ބޭއްވުމަށް ދަންނަވަމެވެ. މިގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާއިމެދު ބަނދަރު ބެލެހެއްޓުމުގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެވާހަކަ ދަންނަވަމެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
