ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު އަތިރިމަތީގައިވާ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން
 
މިރަށު އަތިރިމަތީގައިވާ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު ހުޅުވާލުން
 
                   މިރަށު އަތިރިމަތީގެ އުތުރުކޮޅާއި ދެކުނުކޮޅުގައި މިކައުންސިލް އިދާރާއިން V1 އިން V96 އަށް ނަމްބަރ ޖަހާފައިވާ ރުއްތައް ވަރުވާއަށް ނަގާ ބެލެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ. 
                   ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
                   ޕްރޮޕޯޒަލް ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދޭ ގޫގުލް ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ރަޖިސްޓްރޭޝަން ފޯމް:
https://docs.google.com/forms/d/e/1FAIpQLSdgFjzzPLE1Ix-cRVmllCYRnjPtyAMMlvVLU3J8x4ypM6nkcw/viewform?usp=publish-editor 
ބީލަން ރަޖިސްޓްރީ ކުރުން 18 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެކުރިން
މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިނުވޭ
ޕްރޮޕޯޒަލް ބަލައިގަތުން 19 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެކުރިން
ޕްރޮޕޯޒަލްތައް ހުޅުވުން 19 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:05 ގައި ހއ. ފިއްލަދޫ ކައުންސިލް އިދާރާގައި
 
 
                   ޕްރޮޕޯޒަލް ހުށަހެޅުމަށާއި ޕްރޮޕޯޒަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯޒަލް ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
   މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
 
11 އޮގަސްޓް 2026
ހޯދާ