މާފުށީ ސްކޫލް
ދިވެހިރާއްޖެ
ހަތަރު ކުލާސްރޫމުގައި ކުޑަދޮރު ހަރުކުރުން

ހަތަރު ކްލާސްރޫމުގައި ކުޑަދޮރު ހަރުކުރުން

މި ސްކޫލުގެ ނަންބަރު GS143/2016/06 އިޢުލާނާ ގުޅިގެން މަސައްކަތް ކޮށްދިނުމަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން މި ސްކޫލުގެ ހަތަރު ކްލާސްރޫމުގައި 16 އެލްމެނިއަމް ކުޑަދޮރާއި ދޮރުފަތް އަމިއްލަ ތަކެތީގައި ހަދައިގެން ގެނަސް ހަރުކޮށްދޭނެ ފަރާތެއް ބޭނުން ކަމުގައި ދަންނަވަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 15 ފެބުރުވަރީ 2016 ހޯމަ ދުވަހުގެ 13:00 ގައި މާފުށީ ސްކޫލުގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 18 ފެބުރުވަރީ 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާފުށީ ސްކޫލުގައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މާފުށީ ސްކޫލުގެ ނަންބަރު 6640471 ފޯނަށް ގުޅުއްވުން އެދެމެވެ. 

09 ފެބުރުވަރީ 2016
ހޯދާ