އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ޖަޖުންނާއި ދަތުރުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 4 (ހަތަރެއް) ބޭފުޅުންގެ ހުރުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުއެވެ. އެހެންކަމުން މިކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 3 (ތިން ކޮޓަރި) ހަމަޖައްސައިދޭނެ ތަނުގެ ނަމާއި ރެއަކަށް ޖެހޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަނަކުން މިކައުންސިލަށް ނުވަތަ މިކައުންސިލުގެ އީމެއިލް އެޑްރެސް: [email protected] އަށް 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އަންގަވައިދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
11 އޮގަސްޓް 2026
ހޯދާ
