އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ

އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރަތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 03 (ތިން) ޖަޖުން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އއ. ހިމަންދޫއިން 25 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެންދުނު 08:00ގައި ޖަޖުން ގެނައުމަށްފަހު މުބާރާތް ނިމުމަށްފަހު 26 އޮގަސްޓް 2026 ވާ ބުދަ ދުވަހުގެ ހެނދުނު 08:00ގައި ހިމަންދޫ އަށް ގެންދާގޮތަށެވެ. އެހެންކަމުން މިދެންނެވި ދަތުރު ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިދަތުރު ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.

          ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

11 އޮގަސްޓް 2026
ހޯދާ