ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 15 ވަނަ ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/13 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 15 ވަނަ އާއްމު ޖަލްސާ (2026/22)

ޖަލްސާ ބޭއްވި ތާރީޚް: 29 ޖުލައި 2026

ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް

ކައުންސިލްގެ ނިންމުން

މައްސަލައިގެ ޚުލާޞާ:

-          2027 ވަނައަހަރަށް ލަފާކުރާ ބަޖެޓަށް މަޝްވަރާކޮށް ގޮތެއް ނިންމުން.

-          2027 ވަނައަހަރުގެ މަސައްކަތު ތާވަލް ފާސްކުރުން.

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

-          2027 ވަނަ އަހަރަށް ކައުންސިލުން ލަފާކުރާ ބަޖެޓް ޑްރާފްޓްގައި ވާގޮތަށް ފާސްކުރުމަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓްދެއްވުމަށް ރިޔާސަތުން އެދުމުން މެންބަރުންގެ ވޯޓާއިއެކު 2027 ވަނަ އަހަރު ކައުންސިލުން ލަފާކުރާ ބަޖެޓް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

-          2027 ވަނައަހަރުގެ މަސައްކަތު ތާވަލް ފާސްކުރުމަށް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓްދެއްވުމަށް ރިޔާސަތުން އެދުމުން މެންބަރުންގެ ވޯޓާއިއެކު 2027 ވ ވަނައަހަރުގެ މަސައްކަތު ތާވަލް ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2

11 އޮގަސްޓް 2026
ހޯދާ