ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރުގެ 14 ވަނަ ޖަލްސާ)

ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)

 

ނަމްބަރ (5)394/2026/12 :

ނިންމުން ނިންމި ޖަލްސާ

ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 14 ވަނަ އާއްމު ޖަލްސާ (2026/22)

ޖަލްސާ ބޭއްވި ތާރީޚް: 21 ޖުލައި 2026

ޖަލްސާ ބޭއްވި ގަޑި: 11:00 އިން 11:30 އަށް

ކައުންސިލްގެ ނިންމުން

މައްސަލައިގެ ޚުލާޞާ:

-          ވަގުތީ ދަންޑުބިންތަކުގެ ބިމުކުލި ކުޑަކުރުމާމެދު މަސްވަރާކޮށް ގޮތެއްނިންމުން (3ވަނަކިޔުން)

-          އަޙްޝަމް އަޙުމަދު 15 ޖުލައި 2026 ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ މައްސަލައާއިމެދު މަޝްވަރާކުރުން.

މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:

-          ވަގުތީ ދަނޑުބިންތަކުގެ ކުލި 0.05 ލާރިއަށް ކުޑަކޮށް އަލުން ވަގުތީ ދަނޑުބިން ދޫލުރުމަށް އިޢުލާން ކުރުމަށް" ކައުންސިލް މެންބަރު އަލްފާޟިލް ޢަބްދުﷲ ޒުހުރީ ހުށައެޅުއްވި ހުށަހެޅުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

-          ބިމުގެ މުއްދަތު ހަމަވިއިރު ލުއި ދިނުމުގެ އެހީއާގުޅޭ އުސޫލުގަ ބުނާ އެންމެ އަސާސީ ޝަރުތުކަމުގައިވާ "ކުލިދެއްކުން" މި ބައި އެފަރާތަށް ރަނގަޅަށް އަދާ ކުރެވިފައިނުވާތީ، ޖޫރިމަނާއަށް ލުއި ދިނުމަށް ނުފެންނަކަމަށް ކައުންސިލްގެ އިއްތިފާޤުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.

ވޯޓުދިން ގޮތުގެ ތަފްޞީލް:

-          ކައުންސިލް މެމްބަރުންގެ ޢަދަދު 3،  ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2،  ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2

11 އޮގަސްޓް 2026
ހޯދާ