ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހަށް ބޭނުންވާ 120، 2 އިން 1 ކޮންވަރޓިބަލް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހަށް ބޭނުންވާ 120، 2 އިން 1 ކޮންވަރޓިބަލް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 18 އޮގަސްޓް 2026، 11:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް:  https://forms.cloud.microsoft/r/7V0AQfeKBD  

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 19 އޮގަސްޓް 2026، 11:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 19 އޮގަސްޓް 2026، 11:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ.

 

 

27 ޟަފަރު 1448

10 އޮގަސްޓް 2026
ހޯދާ