ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: މަސައްކަތު
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މުސާރަ: -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ކިހާދޫ ސުކޫލް
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިން ސެކްޝަން / ކިހާދޫ ސުކޫލް
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޕްރީސުކޫލް ދަރިވަރުން ފާޚާނާއަށް ދިއުމުގެ ކަންކަމުގައި އެހީތެރިވުން.
- ހަމަޖެހިފައިވާ އުސޫލުން މަދަރުސާގެ ގޯތިތެރެއާއި، މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.
- ކުލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ހަވާލުކުރެވިފައިވާ ކުލާސްތަކުގެ ފަރުނީޗަރުތައް ހިރަފުސްފޮޅައި ސާފުކޮށް ތަރުތީބުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ކިޔެވުން ނިމުމުން، ކުލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑުދޮރު ލައްޕާފައި ބެހެއްޓުން.
- ހަވާލުކުރެވިފައިވާ ސަރަހައްދުގައި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ އެކަން ވަގުތުން އިސްވެރިޔަކަށް އެންގުން.
ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން:
- ސްކޫލުގައި ހުންނަ އެހެނިހެން އިމާރާތްތަކުގެ ތެރެއިން ސްކޫލުން ހަވާލުކުރާ އިމާރާތްތަކާއި، އެ އިމާރާތުގައިވާ ފަރުނީޗަރުތައް ފޮޅައި ސާކުރުން.
- ސްކޫލުގެ ފާޚާނާ އިމާރާތް ސާފުކޮށް ބެލެހެއްޓުމާއި، އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، ސްކޫލުގެ އިދާރާއަށް އެކަން އަންގައި ރަނގަޅުކުރުން.
ސްކޫލުގެ މުވައްޒަފުންނަށް ދާއިރާއާ ގުޅުންހުރި ކަންކަމުގައި އެހީތެރިވެދިނުން:
- ސްކޫލުގެ އިދާރީ މުވައްޒަފުންނާއި، މުދައްރިސުން، ސްކޫލާ ގުޅުންހުރި ކަމެއް ކޮށްދިނުމަށް އެދިއްޖެނަމަ އެދުނުކަމެއް ކޮށްދިނުން.
އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވެދިނުން:
- ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ހާލަތެއްގައި އެކަމެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް މަސައްކަތްކުރުމާއި، އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވައިގެން ކާމިޔާބުކަމާއެކު ކޮށް ނިންމުން.
- ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި، މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށްނިންމުން.
މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން:
- ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް ޢުޒުރުވެރިވެއްޖެނަމަ، ކުރިޔާލައި އެކަން ސުޕަވައިޒަރަށް އަންގައި، ސުޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައިގެން އެގޮތަކަށް ޢަމަލުކުރުން.
- ޗުއްޓީއާއި، ސަލާމާއި، އާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު، ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް ނިންމުން.
ބަދަލު އިންތިޒާމް:
އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.
އެހެނިހެން މަސައްކަތްތައް:
- ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ހާލަތެއްގައި ކޮށުން.
- ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ވިނަނޮޅަންޖެހޭ ތަނެއްވާނަމަ ވިނަނޮޅުން.
- ހަވާލުކުރެވޭ ސަރަހައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކުރުން.
- ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ހާލަތެއްގައި ސާފުކޮށް ފެންނެގުން.
- ސްކޫލުން މުދައްރިސުންނާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން އެންގިއްޖެ ހާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
- ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
- ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާ ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
- ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު.
- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.
- މި ވަޒީފާއަށް އަންހެނަކު ނެގުމަށް އިސްކަންދެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، 28 ފެބުރުވަރީ 2016 އާއި 3 މާރިޗު 2016 އާ އާދެމެދު ކިހާދޫ ސުކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސުކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 23 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ 6600017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
30 ރަބީޢުލްއާޚިރު 1437