އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަނޑުތައް ސިޓީލާ ނީލަމުގައި ކުއްޔަށް ދޫކުރުން

            މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ 4 ރުއްގަނޑު މީލާދީ 2 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

            މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. އެގޮތުން ކޮންމެ ރުއްދަނޑަކަށް އަގު ހުށައަޅަންވާނީ ވަކިންނެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް -/5000ރ (ފަސް ހާސްރުފިޔާ) އެވެ. މިނީލަމަށް ފަހަރަކު މަދުވެގެންއިތުރުކުރެވޭނީ -/1000ރ (އެއްހާސް ރުފިޔާ) އެވެ. މިނީލަމުގައި ބައިވެރިވުމަށް ކައުންސިލްގެ އިދާރާއިން ދޫކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ސިޓީ އުރައެއްގައި ބަންދުކޮށްގެން ކައުންސިލް އިދާރާގެ ކައުންޓަރަށް ހުށައަޅަންވާނެއެވެ. ކައުންޓަރަށް ސިޓީ ހުށައެޅުމުން ސިޓީއުރައިގެ ބޭރުގައި ފޯމް ހުށައެޅި ތާރީހް އާއި ގަޑި އަދި ކައުންސިލް އިދާރާގެ ތައްގަނޑު ޖެހުމަށްފަހު އެކަމަށް ހާއްސަ ކުރެވިފައިވާ ފޮއްޓަށް އެފަރާތެއްގެ ހާޒިރުގައި ލާނެއެވެ. މިގޮތުން އެދުވަހެއްގެ އެންމެމަތީ އަގު ނީލަން ކިޔާ ކޮންމެ ދުވަހަކު 14:00ގައި ކައުންސިލްގެ ނޯޓިސްބޯޑް ގައި ބެހެއްޓިފައި ހުންނާނެއެވެ. 48 (ސާޅީސް އަށެއް)ގަޑިއިރު ވަންދެން އެއްއަގެއް އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެއެވެ. 48ގަޑި އިރު ގުނުމުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

            މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ތިރީގައިވާ ކަންކަމަށް ސަމާކަންދޭންވާނެއެވެ.

  • ރުއްގަނޑު ނަގާފަރާތުން ވަލުތެރޭ ކާށި އެހިލާ ބޮނބިތައް ވަލުތެރެއަށް އެޅުމަކީ މަނާކަމެކެވެ،
  • ރުކުއެޅުމަށާއި ކާށި ފަން ހޮވުމަށް ވަލަށްވަދެ އުޅޭއިރު ގަސްތަށް ކޮށުމަކީ މަނާކަމެކެވެ.
  • ފަން ކުރެހުމަށްފަހު ބާކީވާ ފަނާ ފަންތޮށި ވަލުތެރެއަށާ މަގުމައްޗަށް އެޅުމަކީ މަނާކަމެކެވެ.
  • ވަލުތެރޭގައި ކާށި އެހެލައި ފަންކުރަހައިފިނަމަ އެމަސައްކަތް ކުރާދުވަހު ބޮނބި އަދި ބާކީވާ ފަނާ ފަންތޮށީ ކުނި، ކުނިކޮށްޓަން ނައްތާލުމަށް ގެންދަންވާނެއެވެ.
  • ކުނިކޮށްޓަށް ގެންނަ ތަކެތި އަޅަންވާނީ ކުނި ކޮށި ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފު ދައްކާ ތަނަކަށެވެ.

            ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ