ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ކުނިކޮށި ހަދާ ބިމުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއިބެހޭ

            މިހާރު މިރަށުގައި ބޭނުންކުރަމުން ގެންދާ ކުނިކޮށީގައި ކުނިއެންދުމުގެ ސަބަބުން އެތަނުގެ ކައިރީގައިހުރި  ގޭގެއަށާއި، މީހުނަށް ވަރަށްބޮޑަށް އުނދަގޫވާކަމަށް މިކައުންސިލަށް ފާހަގަކުރެވޭތީ، ވަގުތީ ގޮތުން އެހެން ސަރަޙައްދަކަށް ކުނި އަންދާތަން ބަދަލު ކުރުމަށްޓަކައި " ދިރާގު" ސައިޓްގެ އިރުން ( ގޯޑަން ދަމާފައިވާ ) ސަރަޙައްދެއް ވާނީ ފާހަގަކުރެވިފައެވެ.

ވީމާ، ފާހަގަކުރެވިފައިވާ ސަރަޙައްދުގެ އެތެރެއިން ރަތްކުލައިގެ ސްޕްރޭއިން  (ރަސްގެ)   ފާހަގަ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތަކުން 18 އޮގަސްޓް 2026 ( އަންގާރަ) ދުވަހުގެ 12.00 ގެ ކުރީން ދެންނެވުނު ރުއްގަހުގެ މަޢުލޫމާތު މި ކައުންސިލަށް ހުށައެޅުއްވުންއެދެމެވެ. އަދި މިދެންނެވި ސަރަޙައްދުގައިހުރި މިފަދަ ތަކެތީގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓަރީ ކޮށްފައިނުވާ ރުއްގަހަށް ބަދަލު ދިނުމަށް ހަމަޖެހިފައި ނުވާތީ، އެފަދަ ރުއްގަހަކީ ވެރިޔަކު ނެތް ރުއްގަސްކަމުގައިބަލައި، ކަނޑައެޅިފައިވާ އުޞޫލުން ޢަމަލުކުރަމުން ގެންދެވޭނޭ ކަމުގައިވެސް ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ