ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/10 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 12 ވަނަ އާއްމު ޖަލްސާ (2026/21)
ޖަލްސާ ބޭއްވި ތާރީޚް: 14 ޖުލައި 2026
ޖަލްސާ ބޭއްވި ގަޑި: 10:30 އިން 11:00 އަށް
ކައުންސިލްގެ ނިންމުން
މައްސަލައިގެ ޚުލާޞާ:
- ވަގުތީ ދަނޑުބިންތަކުގެ ބިމުކުލި ކުޑަކުރުމާމެދު މަޝްވަރާކުރުން (ދެވަނަކިޔުން)
- ކައުންސިލްގެ ރައީސް ( އަލްފާޟިލް އަޙުމަދު ޒަކީ ) ޗުއްޓީއަށް އެދުމާގުޅިގެން ޗުއްޓީދިނުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- - މަޝްވަރާތަކަށްފަހު ހުރިހާ މެންބަރުންވެސް އިއްތިފާޤް ވެ ވަޑައިގަތީ މި މައްސަލައިގެ 3 ވަނަ ކިޔުމަކަށް ދިއުމަށް ކަމަށް ރިޔާސަތުން ނިންމިއެވެ.
- މި މަހު 19 އިން ފެށިގެން ކައުންސިލްގެ ރައީސް އަލްފާޟިލް އަޙުމަދު ޒަކީ ޗުއްޓީއަށް ދިއުމަށް ކައުންސިލްގެ އިއްތިފާޤުން ނިންމައިފި ކަމަށް ރިޔާސަރުން ވިދާޅުވިއެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 3، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 3، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 3
