ދިވެހިރާއްޖެ
ކައުންސިލްގެ ނިންމުން އާންމުކުރުން (5 ވަނަ ދަޢުރު)
ނަމްބަރ (5)394/2026/09 :
ނިންމުން ނިންމި ޖަލްސާ
ޖަލްސާގެ ތަފްޞީލް: 05 ވަނަ ދައުރުގެ 11 ވަނަ އާއްމު ޖަލްސާ (2026/20)
ޖަލްސާ ބޭއްވި ތާރީޚް: 09 ޖުލައި 2026
ޖަލްސާ ބޭއްވި ގަޑި: 13:30 އިން 13:00 އަށް
ކައުންސިލްގެ ނިންމުން
މައްސަލައިގެ ޚުލާޞާ:
- ބަނދަރު ސަރަހައްދުން އަޙުމަދު މުޙައްމަދު / ސޯޝަންވިލާ ތ.އޮމަދުއަށް ގާޑިޔާ ވިޔަފާރި ހިންގުމަށް ދޫކުރެވުނު ބިން އެފަރާތައް މުއްދަތު އިތުރުކޮށް ދިނުމާމެދު މަޝްވަރާކުރުން.
- ބިޑްއުސޫލުން ދޫކުރެވިފައިވާ ދެ ބިމުގެ ގްރޭސްޕީރެޑް އިތުރުކުރުމަށް ހުށަހަޅާފައިވާ ސިޓީތަކާމެދު މަޝްވަރާކޮށް ގޮތެއްނިންމުން ( އަޙުސަމް އަޙުމަދު ، މަސްއޫދުނަސީރު،)
މައްސަލަ ނިންމި ގޮތުގެ ޚުލާޞާ:
- ކައުންސިލަށް ދައްކަންޖެހޭ ކުލި ނުދައްކާހުރުމުން ބިމުގެ މުއްދަތު އިތުރުކޮށްދޭން ނުފެންނަކަމަށް ކައުންސިލްގެ އިއްތިފާޤުން ފާސްވެއްޖެ ކަމުގައި ރިޔާސަތުން ނިންމިއެވެ.
- "ދައުލަތުގެ އޮފީސްތަކާއެކު އެކި ފަރާތްތަކުން ކޮށްފައިފާ މުޢާމަލާތްތަކާ ގުޅިގެން މަންފާ ހޯދައި ދިނުމާއި ފައިސާގެ މުޢާމަލާތްތަކުގައި ހުށަހަޅާ މައްސަލަ ތަކުގައި އަމަލު ކުރާނެ އުސޫލުގެ ދަށުން މި ދެ ބިމުގެ ގްރޭސް ޕީރިއަޑް އިތުރު ކުރެވެން ނެތްކަމަށް" ރިޔާސަތުން ނިންމިއެވެ.
ވޯޓުދިން ގޮތުގެ ތަފްޞީލް:
- ކައުންސިލް މެމްބަރުންގެ ޢަދަދު 3، ޖަލްސާއަށް ޙާޟިރުވެލެއްވި މެމްބަރުންގެ ޢަދަދު 2، ވޯޓްގައި ބައިވެރިވި މެމްބަރުންގެ ޢަދަދު 2، ފެނިވަޑައިގަންނަވާ ކަމަށް ވޯޓްދެއްވި މެމްބަރުންގެ ޢަދަދު 2
