ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ކަނޑާފައިވާ މަގުތަކުގެ ދެފަރާތުގައި އިންދާ ހައްދާފައިވާ ރުއްގަސްތައް ނެގުމާއި ގުޅޭ.

    ދ. ބަނޑިދޫގައި އަލަށް ކަނޑާފައިވާ މަގުތަކުގެ ދެފަރާތުގައި، މަގުގެ އަރިމަތިން ފެށިގެން 10 ފޫޓް އެތެރޭގައި މަގު ކެނޑިފަހުން އިންދާ ހައްދާފައިވާ ރުއްގަސްތަކުގެ ވެރިން ވާނަމަ 31 އޮގަސްޓް 2026 ވަނަ ދުވަހުގެ ކުރިން އެރުއްގަސްތައް ނަގައިގެން ގެންދިއުމަށް ދަންނަވަމެވެ.

    މަތީގައި ދެންނެވިފައިވާ ތާރީޚަށް ނުނަގައި ހުންނަ ރުއްގަސްތަކަކީ ވެރިއަކުނެތް ރުއްގަސްތަކެއް ކަމުގައި ބަލައި ރުއްގަސްތައް ނައްތާލެވޭނެ ކަމުގައި ދަންނަވަމެވެ. އަލަށްކެނޑި މަގުތަށް އަންގައިދޭ ސަރަހައްދުތައް މި އިޢުލާނާއެކު އާއްމުކުރެވިފައިވާ ޗާޓުގައި ގަދަނޫކުލައިން ފާހަގަކުރިވެވިފައި ވާނެއެވެ.

           ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 އޮގަސްޓް 2026
ހޯދާ