އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމާ ގުޅޭ

އިޢުލާން

އައްޑޫ ސިޓީ މަރަދޫފޭދޫ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމާ ގުޅޭ

އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފައިވާ އަވަށު މަޝްވަރާ ކޮމިޓީތައް އެކުލަވާލުމާ ގުޅޭ އުސޫލުގައިވާ ގޮތުގެ މަތިން މަރަދޫފޭދޫގެ އަވަށު މަޝްވަރާ ކޮމިޓީ އެކުލަވާލުމަށްޓަކައި މި ކޮމިޓީގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ އޮންލައިން ފޯމް ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށު މަޝްވަރާ ކޮމިޓީތަކުގެ އުސޫލުގައިވާ ގޮތުން އަންނަނިވި ދާއިރާތަކަށް މެންބަރުން އައްޔަންކުރެވިދާނެއެވެ. އެގޮތުން:

  1. ގަވަރނަންސް ދާއިރާ
  2. އިޤްތިޞާދީ ދާއިރާ
  3. ސިއްޙަތާއި ޢިޖުތިމާޢީ ދާއިރާ
  4. ތަޢުލީމާއި މުޢާސަލާތުގެ ދާއިރާ
  5. ތިމާވެއްޓާއި ޔުޓިލިޓީސްގެ ދާއިރާ
  6. އުމްރާނީ ތަރައްޤިގެ ދާއިރާ
  7. ކުޅިވަރުގެ ދާއިރާ
  8. ފަތުރުވެރިކަމުގެ ދާއިރާ

އެހެންކަމުން، މަތީގައި ދެންނެވުނު ދާއިރާތަކުގައި މަސައްކަތްކުރާ މަރަދޫފޭދޫ އަވަށަށް ނިސްބަތްވާ ފަރާތްތަކުން ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 އޮގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަވަށު މަޝްވަރާ ކޮމިޓީގެ އުސޫލު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

އޮންލައިން ފޯމް ލިންކު:https://forms.cloud.microsoft/r/UCb10QpQEg

27 ޞަފަރު 1448

10 އޮގަސްޓު 2026

10 އޮގަސްޓް 2026
ހޯދާ