ދިވެހިރާއްޖެ
މި ކޯޓަށް 2 އޭސީ (ސީލިންގ މައުންޓް އަދި ވޯލްމައުންޓް) ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށައަޅަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ އެންމެފަހު ތާރީޚަކީ 20 އޮގަސްޓް 2026 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ. ރަޖިސްޓްރީ ވުމަށްޓަކައި އީމެއިލް: [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުވާފަރާތްތަކަށް ބިޑުހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
އޭސީ ހަރުކުރާތަންތަން ސަރވޭ ކުރުމަށް 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހު 13:30 އަށް މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ. މިނޫން އެހެން ވަގުތުތަކުގައި ސަރވޭ ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވެން ނެތްވާހަކަ ދެންނެވީމެވެ.
