ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
އާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 17 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަން ނޯޓު ކުރެއްވުން އެދެމެވެ.

މަސައްކަތާ ގުޅޭ ލިޔުންތައް (މަޢުލޫމާތުޝީޓް، ކުރެހުންތައް، ބީއޯކިއު، އަގު ހުށަހަޅާ ފޯމު ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްގެ ވެބްސައިޓް (www.judiciary.gov.mv) އިން ލިބެން ހުންނާނެއެވެ.

ނަން ނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންނަމަ އެ މަޢުލޫމާތު އެނގޭގޮތަށް އެ ފަރާތުގެ ލެޓަރހެޑްގައި 22 ފެބުރުވަރީ 2016 ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 25 ފެބުރުވަރީ 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅުއްވާނީ: މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެފަރާތަކުން ނަންނޯޓު ކުރެއްވި ތަނަކަށެވެ.

02 ޖުމާދަލްއޫލާ 1437 

11 ފެބުރުވަރީ 2016
ހޯދާ