އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ޒުވާނުންގެ މަރުކަޒުގެ އިމާރާތާއި، ފާޚާނާތަކާއި ގޯތި ސާފުރުކުމާއި ބެހޭ:

އދ. މަންދޫ ޒުވާނުންގެ މަރުކަޒުގެ އިމާރާތާއި، ފާޚާނާތަކާއި، އޮފީސްބަޔާއި އަދި ގޯތިތެރޭގައިހުރި ބޭނުންނުކުރެވޭ އެންމެހައި ތަކެތި ނަގައި އުކާލައި ސާފުކުރުމަށް ބޭނުންވެއެވެ. އެހެންކަމުން މިދެންނެވި މަސައްކަތުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ އުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ބޭފުޅަކަށް އެފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 ގައެވެ.

 

މަސައްކަތް ކުރިއަށްދާނެ ގޮތް:

  1. މަސައްކަތް ކުރިއަށްދާނީ 2 (ދޭއް) ދަންފަޅިއަކަށް ބަހާލައިގެން
  2. ފުރަތަމަ ދަންފަޅީގެ މަސައްކަތް ކުރިއަށްދާނެ ގަޑިއަކީ ހެނދުނު 08:30 އިން 11:30 އަށް
  3. ދެވަނަ ދަންފަޅީގެ މަސައްކަތް ކުރިއަށްދާނެ ގަޑިއަކީ މެންދުރުފަހު 14:00 އިން 17:00 އަށް
  4. މަސައްކަތުގެ އަގަކީ މަސައްކަތަށް ނުކުންނަ ކޮންމެ ދަންފަޅިއަކަށް -/150ރ (ސަތޭކަ ފަންސާސް ރުފިޔާ)

        އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 08:30 އަށް ޒުވާނުންގެ މަރުކަޒު ކުރިމައްޗަށް ހާޟިރުވެލެއްވުން އެދެމެވެ. މި މަސައްކަތަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު އަދި ބޭންކް އެކައުންޓުގެ މަޢުލޫމާތު ހިފައިގެން ވަޑައިގެންނެވުން އެދެމެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

10 އޮގަސްޓް 2026
ހޯދާ