މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މަޤާމު:                      އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު:                 01

ރޭންކް:                      ޖީ.އެސް 3

ކްލެސިފިކޭޝަން :                އޮފިސަރ ގރ. 1

މުސާރަ :                    -/4465 ރުފިޔާ

ސަރވިސް އެލަވަންސް:            -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:              މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                     ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އިންޑަސްޓްރީތަކާއި/ ތަފާތު މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށް ބެލެހެއްޓުމާއި އިންޑަސްޓްރީތަކުން ކޯސްތަކުގެ ބައިވެރިވާ ދަރިވަރުންނާ ގުޅޭ ހުރިހާ މަސައްކަތެއްކޮށް އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމާއި ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

2- ސިޓީ، މެމޯ ފަދަ ތަކެތި ޓައިޕްކޮށް ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުމާއި، ކުރު/މޯބައިލް ކޯސްތަކުގެ ސެޓްފިކެޓް ތައްޔާރުކުރުން.

3- އެންރޯލްމަންޓް ފޯމުތައް ޗެކްކުރުމާއި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ހާޒިރުވުމަށް އެންގުން.

4- ދަރިވަރުންގެ އެޓެންޑެންސް މޮނިޓަރިންގ ޝީޓް ތައްޔާރުކޮށް ކަމާ ބެހޭ ބޭފުޅުންނާ ހަވާލުކޮށް ބަލައިގަތުމާއި އެޓެންޑެންސް ހެދުން. ހާޒިރީ ދަށް ދަރިވަރުންގެ ރިޕޯޓު ހަމަޖެހިފައިވާ އުސޫލުން އެ ފަރާތްތަކަށް ޙަވާލުކުރުން.

5- އިޢުލާންކުރާ ކޯސްތަކަށް ފޯމު ދޫކޮށް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުން.

6- އަލަށް ފަށާ ކޯސްތަކަށް ފޯމު ލާ ދަރިވަރުން ޖަވާބު ދޫކުރުމާއި، ބައިވެރިންނާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓު ފަދަ ތަކެތި ފޮނުވައި އެ ތަކެތި ރައްދުވިތޯ ބެލުން

7- ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ހިންގާ ކޯސްތައް، އަހަރީ ތާވަލާ އެއްގޮތަށް ފެށުމަށްޓަކައި އިޢުލާން ކުރަންޖެހޭ ކޯސްތަކަށް އިޢުލާންކުރުމާއި، އެކިއެކި އިންޑަސްޓްރީތަކާއި ގުޅިގެން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

8- ކޯސް ފެށުމަށްޓަކައި ކްލާސްރޫމް ތައްޔާރުކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއްކޮށް ބެލެހެއްޓުން.

9- ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި އިދާރީ ހިދުމަތް ދިނުން.

10- އަތޮޅުތެރޭގައި ހިންގާ އިންޑަސްޓްރިއަލް ކޯސްތަކުގެ ކުދިންނާ ގުޅުން ހުރި ކަންތައްތައް ބެލެހެއްޓުން.

11- ސެކްޝަން/ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ޝަރުތު:    

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ޅ. މެންދުރުފަހު މަސައްކަތް ކުރެވޭ ފަރާތްތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 22 އިން 29 ފެބުރުވަރީ އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  2016 ފެބުރުވަރީ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 ފޯނަށް ގުޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2016
ހޯދާ