ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމް: ޕްރޮސިކިއުޝަން ވިކްޓިމް ސަޕޯޓް އޮފިސަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުއްދަތު: 1 އަހަރު (ވަޒީފާއަށް ހަމަޖެއްސޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. 1 އަހަރު ހަމަވުމުން
މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެ)
މަޤާމުގެ ރޭންކް: ޕަބްލިކް ސަރވިސް ރޭންކް 5 - ހަރުފަތް 1
މަޤާމުގެ ކްލެސިފިކޭޝަން: ޕްރޮސިކިއުޝަން މެންޓަލް ހެލްތް، ވިކްޓިމް އެންޑް ވިޓްނަސް ސްޕޯޓް ޕްރޮފެޝަނަލްސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހެޑް އޮފީސް / މާލެ
މުސާރަ: -/10,815 ރުފިޔާ
އެހެނިހެން އިނާޔަތް:
- މަޤާމުގެ އެލަވަންސް: 5,045/- ރުފިޔާ
- ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް 135/- ރުފިޔާ
- ޕޭ ފްރޭމްވޯކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ
- ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންޓިނިއުޓީ އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި ދޭންޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ ފަރާތްތަކާ ގުޅޭގޮތުން ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، އަނިޔާލިބިފައިވާ ފަރާތްތައް ހެކިންގެ ގޮތުގައި ބޭނުންކުރަންޖެހޭ ހިނދެއްގައި އެމީހުން ޝަރީޢަތަށް ތައްޔާރުކޮށްދިނުމުގައި ޕްރޮސިކިއުޝަނަށް ބޭނުންވާ ފަންނީ ލަފައާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުމާއި، އެފަރާތްތަކުގެ މައްސަލަ ކުރިއަށްދާގޮތުގެ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ އިޖްރާޢަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހެކިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ވީހާވެސް އަވަހަށް ފޯރުކޮށްދިނުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކާއި ގުޅިގެން އެހެނިހެން މުއައްސަސާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައްކުރުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތާ ގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް ސުޕަވައިޒަރުގެ އިރުޝާދާއެއްގޮތަށް މުއައްސަސާތަކަށް ރިފަރކޮށް، ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވައި، އެބައްދަލުވުންތަކުގެ ރެކޯޑިންގ ބެލެހެއްޓުން.
- ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނާމެދު ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ ދަށުން، މިއޮފީހުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގައި ހިމެނޭ، މައްސަލަތަކުގައި އަނޔާލިބޭ ކުދިންނާ ގުޅިގެން ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް ރާވާ ހިންގުން.
- ވިޓްނަސް އެންޑް ވިކްޓިމް ސަޕޯޓް ސަރވިސް ޔުނިޓްގެ މަސައްކަތް ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން.
- ޑިއުޓީ ޕްރޮސިކިއުޝަންއަށް ޗާޖް ކުރުމަށް ނުވަތަ މަޝްވަރާ ކުރުމަށް ގެނެވޭ މައްސަލަތަކުގައި ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުން.
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ތައުލީމީ ރޮނގުތައް:
ސޯޝަލް ސައިންސް، ސޯޝަލް ވަރކް، ސައިކޮލޮޖީ، ކައުންސެލިންގ، ސޯޝިއޮލޮޖީ
މަޤާމުގެ މަސައްކަތާ ގުޅޭ
ސޯޝަލް ސައިންސް
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 18 އޮގަސްޓު 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3023155 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 17 އޮގަސްޓު 2026 – 17 ސެޕްޓެންބަރު 2026 ވަނަ ދުވަހު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
26 ޞަފަރު 1448
9 އޮގަސްޓު 2026
