މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކައުންސެލަރ

މަޤާމު:                         ކައުންސެލަރ

ބޭނުންވާ އަދަދު:                   01

ރޭންކް:                        އެމް.އެސް 1

ކްލެސިފިކޭޝަން :                  ސީނިއަރ އޮފިސަރ ގރ. 1

މުސާރަ :                      -/5610 ރުފިޔާ

ސަރވިސް އެލަވަންސް:              -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:                 މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                       ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސެލިން ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމަތައް ރޭވުމާއި އެ ޕްރޮގުރާމްތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރިކޯޑުތައް ބެލެހެއްޓުން
  2. ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުން، ކެރިއަރ ގައިޑެންސާ ގުޅޭ ތަފާތު ސެޝަންސްތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން
  3. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
  4. މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ސެމިނަރތަކުގައި ބައިވެރިވެ، އެކަމާ ބެހޭ މަޢުލޫމަތުތައް ލެކްޗަރާއިންނާއި ހިއްސާކުރުން.
  5. ދަރިވަރުންގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނަށް ދިނުމާއި ޓީޗަރުންނާއި ގާތްގުޅުމެއް ބެހެއްޓުމާއި ދަރިވަރުންގެ ރިކޯޑުތައް ބެލެހެއްޓުން
  6. ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  7. ޕޮލިޓެކްނިކް އިން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްކުރުން.
  8. ސްޓާފް މީޓިންގ އަދި އެހެނިހެން މީޓިންގތަކުގައި ބައިވެރިވުން.
  9. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން
  10. ސެކްޝަން/ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. 

ޝަރުޠު:

1. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5ގެ ސަނަދެއް ހާސިލުކޮށްފައި ވުން ނުވަތަ

3. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ-މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 22 އިން 29 ފެބުރުވަރީ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓުތަކުގެ އެކްރެޓިޓް ކޮށްފައިވާ އަސްލުގެ ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv ން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 21 ފެބުރުވަރީ 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

08 ފެބުރުވަރީ 2016
ހޯދާ