އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަ ދަނޑުގެ އިރުމަތީފަރާތުގައިއޮތް މަގު ހެދުމަށްޓަކައި އެސަރަހައްދުގައިހުރި ރުއްގަހުގެ ފެރިފަރާތްތައް ހޯދަން ބޭނުންވެއްޖެ:

އދ. މަންދޫ ފުޓުބޯޅަ ދަނޑުގެ އިރުމަތީފަރާތުގައިއޮތް މަގުގެ އިންވަކޮށް އެމަގު ސާފުކޮށް މީހުންނަށާއި ދުއްވާ އެއްޗެއްސަށް ފަސޭހަވާނެހެން އިންފާރުތައް ރާނައި މަގު ހެދުމަށްޓަކައި އެސަރަހައްދުގައިހުރި ރައްޔިތުންގެ ރުއްގަސް ފިޔަވައި އަމިއްލަފަރާތެއްގެ ރުއްގަސް ހުރިތޯބަލައި ހުރިނަމަ ބަދަލުދީ އެފަދަ ރުއްގަސް ނެގުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ބޭނުންވެއެވެ. އެހެންކަމުން އދ. މަންދޫ ފުޓުބޯޅަ ދަނޑުގެ އިރުން، އުރީދު އެންޓެނާ ބިމުގެ އުތުރުން ފެށިގެން، ކަނީރުމާގޭގެ ދެކުނަށް، ކަނީރުމަގުގެ ހުޅަނގުންއޮތް ސަރަހަދުން، ރޯޝަނީހިނގުމާއި ރައްދެބައިމަގަށް އަރާގޮތަށްހުރި ރުއްގަސްވެސް ހިމެނޭހެން އެސަރަހައްދުގަހުރި 24 (ސައުވީސް) ރުކުގައި މިހާރުވަނީ އަޅިކުލައިން ނަންބަރުޖަހާ ފާހަގަކުރެވިފައެވެ.

            އެހެންކަމުން މިދެންނެވި ސަރަހައްދުގައި އަޅިކުލައިން ނަންބަރު ޖަހާ ފާހަގަކޮށްފައިވާ ރުއްގަހުގެ ތެރޭގައި އަމިއްލަ ފަރާތެއްގެ ރުއްގަސް ހުރިނަމަ އެކަން ބަޔާންކޮށް 17 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށައެޅުމަށް ދަންނަވަމެވެ. އަދި ސިޓީ ހުށައަޅުއްވާއިރު ރުއްގަހުގެ މިލްކުވެރިކަން ސާބިތުކޮށްދިނުމަށްޓަކައި، ބޭނުންވާ ރަސްމީ ލިޔުމެއް އޮތްނަމަ އެލިޔުމުގެ ކޮޕީއަކާއި، ހެކީގެ ގޮތުގައި ހުށައަޅާ ފަރާތެއްވާނަމަ އެފަރާތެއްގެ ވަނަވަރު (ފުރިހަމަ މަޢުލޫމާތު ފޯނުނަންބަރާއިއެކު) ސިޓީގައި ބަޔާންކޮށް، އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު ހުށައެޅުމަށް ދަންނަވަމެވެ.

            ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮގަސްޓް 2026
ހޯދާ