މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

        މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން 11 ސެޕްޓެމްބަރ 2026 ވަނަ ދުވަހުން ފެށިގެން "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2026" ގެ ނަމުގައި ކުޅެވޭ ހޭންޑް ބޯލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކާށިދޫއަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބައިވެރިކުރާ ޓީމުތަކަށެވެ.

        މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 (ތިރީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ރަން މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމަށް 20،000 (ވިހި ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ރިހި މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ.

        ވީމާ، މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ޖަމާޢަތުގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ. ޓީމު ރަޖިސްޓްރީކުރަން އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

09 އޮގަސްޓް 2026
ހޯދާ