ދިވެހިރާއްޖެ
މި ކޯޓުގައި ބޭނުންކޮށް ބައުވެ އަދި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށްވަނީ ހަމަޖެހިފައިވެއެވެ. މި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 21 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު ގެ ދޮރުމަތީގައެވެ.
ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވައި ފަރާތްތަކުން 24 ގަޑިއިރުގެ ތެރޭގައި ބަނޑޭރިޕޯރޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، 3 ދުވަސް ތެރޭގައި އެ ތަކެތި ގެންދަންވާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ހީރަސްކުރެވިފައި ވާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2026 އޯގަސްޓް 21 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް، ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓު ކައިރިއަށް ވަޑައިގެން ދެއްވުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6540724 ފޯނަށް ގުޅުއްވުން އެދެމެވެ.
