ދިވެހިރާއްޖެ
މިކޯޓުގައި ހުރި ބައުވެގެން ނަގާފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު B12C/2026/99 އިޢުލާން އާއިގުޅިގެން ނީލަން ކިޔާ ނުވިކިހުރި ތިރީގައި ދެންނެވިފައިވާ ތަކެތި ނީލަންކިޔުން 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ ހަވީރު 16:15 ގައި މި ކޯޓުގައި އޮންނާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީޚަށް މި ކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ ބޭފުޅުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 03 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ.
ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
|
ނީލަން ނަންބަރު |
އަދަދު |
ތަފްސީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
|
12 |
1 |
އޯޑިއޯ ކޮންފަރެންސް ފޯން |
465.00 |
05.00 |
