ދިވެހިރާއްޖެ
މިރަށު ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައި ހުރި ރުއްތައް ނެގުމަށް ބޭނުންވާތީ، އެ މަގުތަކުގައިހުރި ރުއްތަކުގެ ވެރިން ހޯދުމަށްކުރި، މި އިދާރައިގެ ނަންބަރު: (IUL)347-ES/347/2026/29 އިޢުލާނާއި، ނަންބަރު: (IUL)347-ES/347/2026/32 އިޢުލާނާއި ގުޅިގެން މި އިދާރާއަށް މަޢުލޫމާތު ހިއްސާކޮށްފައިވަނީ މަދު ފަރާތްތަކަކުންނެވެ.
ބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދަނޑުގެ އޭރިޔާ ބޮޑުކުރުމަށާއި، ދަނޑަށް އެކިކަހަލަ ގެއްލުން ލިބެމުންދާނެތީ މި ދެންނެވި ރުއްތަކަކީ ނަގަންޖެހޭ ރުއްތަކެކެވެ. އަދި ދަނޑުގެ އޭރިޔާ ބޮޑުކޮށް، ދަނޑުގެ ބޯޅަގެއާއި ސިނޑިބަރި ހެނދޭނީވެސް އެތަނުން ބައެއް ރުއް ނަގައިގެންނެވެ.
ވީމާ، ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ މަގުތަކުގައިހުރި ރުއްތަކުގެ ތެރެއިން މި އިދާރާއަށް މިހާތަނަށް މަޢުލޫމާތު ހިއްސާކޮށްފައިނުވާ ފަރާތްތަކުން 2026 އޯގަސްޓް 12 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާއަށް، މަތީގައި ދަންނަވާފައިވާ މި އިދާރައިގެ ދެ އިޢުލާނުގައި ބަޔާންކޮށްފައިވާ، ރުކާއިބެހޭ މަޢުލޫމާތު ފޯރުކޮށް ދެއްވުން އެދެމެވެ.
މި މުއްދަތުގައި މި އިދާރާއަށް މަޢުލޫތު ހިއްސާ ނުކުރާ ރުއްތަކަކީ ރައްޔިތުންގެ ރުއްކަމުގައިބަލާ، ރައްޔިތުންގެ ރުއްގަހާއިމެދު ޢަމަލުކުރެވޭ އުސޫލުގެ ދަށުން އެތަނުން އެ ރުއްތައް ނެގުމުގެ މަސައްކަތް މި އިދާރާއިން ކުރިޔަށް ގެންދާނެވާހަކަ ދަންނަވަމެވެ.
