މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމާ ގުޅޭ

 

 

މި ކޯޓުގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމާ ގުޅޭ

          މި ކޯޓުގައި ބޭނުންކޮށް ބައުވެ އަދި ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިއުމަށްވަނީ ހަމަޖެހިފައިވެއެވެ. މި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 2026 އޯގަސްޓް 21 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި ށ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓު ގެ ގޯތިތެރޭގައެވެ.

            ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބުކުރައްވައި ފަރާތްތަކުން 24 ގަޑިއިރުގެ ތެރޭގައި ބަނޑޭރިޕޯރޓަލް މެދުވެރިކޮށް ފައިސާ ދެއްކެވުމަށްފަހު، 3 ދުވަސް ތެރޭގައި އެ ތަކެތި ގެންދަންވާނެއެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުން ކޮންމެ އައިޓަމެއް ވަކިން / ކޮންމެ ލޮޓެއް ވަކިންނެވެ. މި އިޢުލާން އާ އެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ހީރަސްކުރެވިފައި ވާނެއެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ  ފަރާތްތަކުން 2026 އޯގަސްޓް 21 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް، ށ.ގޮއިދޫ މެޖިސްޓްރޭޓް ކޯޓު ކައިރިއަށް ވަޑައިގެން ދެއްވުން އެދެމެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކޯޓުގެ ނަންބަރު 6540706 ފޯނަށް ގުޅުއްވުން އެދެމެވެ.

                  ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 ޞަފަރު  1448

09 އޯގަސްޓު 2026

 

 

                                               މުޙައްމަދު އަޝްޖަޢު

                                               ކޯޓް އެޑްމިނިސްޓްރޭޓަރ

09 އޮގަސްޓް 2026
ހޯދާ