ދިވެހިރާއްޖެ
އިޢުލާން
ގއ.ދެއްވަދޫ ވޯޓަރ ޕާކް ސަރަޙައްދުގައި ބެހެއްޓުމަށް ބޭނުންވާ އިންފްލޭޓަބުލް ކުޅޭ ސާމާނުތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ގއ.ދެއްވަދޫ ވޯޓަރ ޕާކް ސަރަޙައްދުގައި ބެހެއްޓުމަށް ބޭނުންވާ އިންފްލޭޓަބުލް ބަބުލް ހައުސް (Inflatable Bubble House)، އިންފްލޭޓަބުލް ސްލައިޑް(Inflatable Slide) އަދި އިންފްލޭޓަބުލް ބައުންސަރ(Inflatable Bouncer) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 12 އޮގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
