ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް މުވައްޒަފުންގެ ޔުނިފޯމް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ކައުންސިލް މުވައްޒަފުންގެ ޔުނިފޯމް ތައްޔާރުކޮށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:

  1. ކޮނޑޭ ކައުންސިލް އިދާރާގެ މުވައްޒަފުން ބޭނުންކުރުމަށްޓަކައި، ކައުންސިލުން ފޯރުކޮށްދޭ ނަމޫނާއާއި އެއްގޮތަށް ޔުނިފޯމް ޑިޒައިންކޮށް، ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ކޯޓޭޝަން ހުށަހަޅާނީ 13 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހާޟިރުވެގެން ނުވަތަ 13 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 އަށް ކައުންސިލްގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
  4. ކޯޓޭޝަންތައް ކަނޑައި އަގުތައް އާންމު ކުރުން ކުރިއަށް ދާނީ  13 އޯގަސްޓް 2026 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
  5. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ  / ގއ.ކޮނޑޭ، ދިވެހިރާއްޖެ.
  • ފޯން: 6820019/7230019
  • އީމެއިލް: [email protected]
08 އޮގަސްޓް 2026
ހޯދާ