މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލުން ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގަވާއިދު

ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހވ) އަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 73 ވަނަ މާއްދާއިން ބާރުލިބިގެން، ނ. ކެނދިކުޅުދޫގެ އަމިއްލަ ޖަމްޢިއްޔާތަކަށާއި ޖަމާޢަތްތަކަށް ފައިސާއާއި ފަންނީ އަދި އެހެނިހެން އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މިގޮތުން އެހީ ދޭނީ އަމިއްލަ ޖަމާޢަތްތަކަށް އެހީދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި މިންގަނޑުތަކާ ތަޢާރުޟުނުވާގޮތަށް ކައުންސިލުން ފާސްކޮށް ޢާންމުކުރެވޭ މިގަވާއިދުގެ ދަށުންނެވެ.

ވީމާ، މިކަން އާންމުކޮށްއަންގައި އިޢުލާން ކުރީމެވެ.

07 އޮގަސްޓް 2026
ހޯދާ