ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

 

                                                      ނަންބަރު:  (IUL)CHSE-SMT/1/2026/41

  

އިޢުލާން

 

އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

 

މިސެންޓަރުގެ ( ސީ. އެޗް.އެސް.އީ – ހުޅުމާލެ) 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ/އޮކްޓޯބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުން  ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް ޢިއްލާން ކުރީމެވެ.

 

އިންވިޖިލޭޓަރުންގެ ޝަރުތުތައް:

 

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން

(މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

 

އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު:

 

އިމްތިޚާން އޮންނަ ގަޑިތަކުގައި އިންވިޖިލޭޓަރުންގެ ހައިސިއްޔަތުން އިމްތިޚާން ހޯލް ބެލެހެއްޓުމާއި އަދި މި ނޫންވެސް މި ކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގެތްވާ ގޮތަށް މި ސެންޓަރުން އަންގާ ގޮތެއްގެ މަތިން ކުރުން.

 

އިންވިޖިލޭޓަރުންގެ އުޖޫރަ:

އިންވިޖިލޭޓަރެއްގެ  ގޮތުގައި މަސައްކަތް ކުރައްވާ ކޮންމެ ސެޝަނަކަށް -/200ރ (ދުއިސައްތަ ރުފިޔާ) ލިބޭނެއެވެ.

 

 އިންވިޖިލޭޓަރުންގެ މަސައްކަތް ކުރިއަށް ދާނެ މުއްދަތު:

 

27 ސެޕްޓެމްބަރ 2026 ން 30 އޮކްޓޯބަރ 2026 ށް   (މި ސެންޓަރުން ދޭ ޝެޑިއުލްއާއި އެއްގޮތަށް)

 

އިންވިޖިލޭޓަރުން މަސައްކަތް ކުރުމަށް ފޯރމާއެކު ހުށަހަޅަން ޖެހޭ ތަކެތި:

 

  1. އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯރމް އަދި އިޤުރާރް ފޯރމް (ފޯރމްގައި ފުރިހަމަ ކުރަންޖޭބައި ފުރިހަމަ ކުރުމަށްފަހު)
  2. ތަޢުލީމީ ގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓް
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާރޑްގެ ދެފުށުގެ ސާފު ކޮޕީ
  4. ބޭންކް އެކައުންޓް ނަންބަރު އަންގައިދޭ ސްލިޕެއް

 

އިންވިޖިލޭޓަރުންގެ މަސައްކަތް ކުރުމަށް އެދެންވީ ގޮތް:

އިންވިޖިލޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކަމަށް ޚާއްސަ ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މި ސެންޓަރަށް (ސީ.އެޗް.އެސް.އީ -ހުޅުމާލެ) ނުވަތަ އީ މެއިލް މެދުވެރިކޮށް  [email protected]  އަށް ހުށަހެޅުއްވުން އެދެމެވެ.  

  ވީމާ، މަތީގައިވާ ޝަރުތުތައް ފުރިހަމަވާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 11  އޮގަސްޓް 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

06 އޮގަސްޓް 2026
ހޯދާ