ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ސްކޫލްގައި ބޭނުންކޮށް ބައުވެފައިހުރި ތަކެތި ނީލަން ކިޔުން

ޢަފީފުއްދީންސްކޫލުގައި ބައުވެފައިހުރި ތަކެތި ނީލަންކިޔުން                       

މި ސްކޫލްގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވާތީ، ނީލަން ކިޔުން 2026 އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި މިސްކޫލްގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ށް މިސްކޫލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ހިފައިގެން 2026 އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް މިސްކޫލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 2 ގަޑިއިރުގެ ތެރޭގައި ގެންދަވަން ވާނެއެވެ. މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • ޢަފީފުއްދީން ސްކޫލް  /  ކުޅުދުއްފުށި ސިޓީ
  • ފޯން: 6528041
  • އީ-މެއިލް :[email protected]
06 އޮގަސްޓް 2026
ހޯދާ