މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ޕާޓިޝަންޖަހައި ކެބިންތަކެއް ހަދައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މިއޮފީސް ހިންގަމުންދާ އެލައިޑް ބިލްޑިންގގެ 8 ވަނަ އަދި 9 ވަނަ ފަންގިފިލާގައި ޕާޓިޝަންޖަހައި ކެބިންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-GS/IUL/2026/4 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އާއި، ހުށަހެޅި ބީލަންތަކުގެ އަގުތަކަކީ އެކަށީގެންވާ އަގުތަކެއްކަމުގައި ނުފެންނާތީ، އެ އިޢުލާން ބާތިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުއްވުމާއެކު މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ހުށަހަޅާނެ ގޮތް: މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/YDS2dcESb1QwqaZw5) މެދުވެރިކޮށް.

ހުށަހެޅުމުގެ ސުންގަޑި: 11 އޯގަސްޓު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 11 އޯގަސްޓު 2026 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު، މާލެ)


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 13 އޯގަސްޓު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި.

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު، މާލެ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

06 އޮގަސްޓް 2026
ހޯދާ