ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮޑިޓް އެގްޒެކެޓިވް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

އިޢުލާން ނަންބަރު: (IUL)VMC-HR/1/2026/27

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ސީނިއަރ އޮޑިޓް އެގްޒެކެޓިވް

- މުސާރަ (މަހަކު) : -/9,792 ރުފިޔާ މަހަކު

- ސަރވިސް އެލަވަންސް: -/3,427 ރުފިޔާ މަހަކު

- ލިވިންގ އެލަވަންސް: -/2,938 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން 1,750/- ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް 1,250/- ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް 750/- ރުފިޔާ (މަހަކު)

އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން.

ޑިޕާރޓްމަންޓް / ސެކްޝަން: އިންޓަރނަލް އޮޑިޓް

ބޭނުންވާ އަދަދު: 01

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ށ.ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 (އެޑްވާންސް ސެޓްފިކެޓް) ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން (ނުވަތަ)،

ނ. ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށް، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާ އަކުން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އިތުރު ހުނަރުތައް:

  • ISO 31000 ،COSO ERM ފަދަ ކަމާބެހޭ މިންގަނޑުތަކަށް އަހުލުވެރިވުން.
  • އެންޓަރޕްރައިސް ރިސްކް ރެޖިސްޓަރތަކާއި ރިސްކް މެނޭޖްމަންޓް ފްރޭމްވޯކްތައް އެކުލަވާލައި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން.
  • ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ނުވަތަ ރެގިއުލޭޓަރީ މާހައުލެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޯޕަރޭޝަނުގެ ރިސްކް މެނޭޖްމަންޓް ސިޔާސަތާއި، އެންޓަރޕްރައިޒް ރިސްކް މެނޭޖްމަންޓް (އީ.އާރު.އެމް) ފްރޭމްވޯކާއި، ރިސްކް އެޕެޓައިޓް ބަޔާންތަކާއި، ރިސްކާ ގުޅޭ އުސޫލުތަކާއި، މެތޮޑޮލޮޖީތަކުގެ އިތުރުން ގަވަރނަންސްއާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް އެކުލަވައިލުމުގައްޔާއި، ތަންފީޒުކުރުމުގައްޔާއި، އަދި މިފަދަ ނިޒާމުތައް މެދުނުކެނޑި ތަރައްޤީކޮށް ހަރުދަނާކުރުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ކުރުން.
  • ކުންފުނީގެ އެކި ދާއިރާތަކަށް ކުރިމަތިވެދާނެ ނުރައްކާތަކާއި، ސްޓްރެޓެޖިކް އަދި މަސައްކަތްތަކާ ގުޅުންހުރި ރިސްކްތައް ދެނެގަނެ، އެކަންކަން ވަޒަންކޮށް، ލިޔެކިޔުމުން ރެކޯޑުކޮށް، އަދި ދައުރީގޮތެއްގައި މުރާޖައާކުރުމަށްޓަކައި ޑިޕާޓްމަންޓްތަކުގެ ކަމާގުޅޭ އިސްވެރިންނާ ގުޅިގެން ކުންފުނީގެ ރިސްކް ރެޖިސްޓަރ އަދާހަމަކޮށް ބެލެހެއްޓުން.
  • ރިސްކް އެސެސްމަންޓް ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދިނުމާއި، ރިސްކް ކުރިމަތިވެދާނެ އެންމެންނަށް އިންހެރެންޓް ރިސްކްތައް ދެނެގަތުމަށް އެހީތެރިވުމާއި، ކޮންޓްރޯލްތައް އެސެސްކުރުމާއި، ރެޒިޑިއުއަލް ރިސްކް ރޭޓިންގއާއި، ކީ ރިސްކް އިންޑިކޭޓަރސް ދެނެގަތުމަށް އެހީތެރިވެދިނުން.
  • ކޯޕަރޭޝަނަށް ކުރިމަތިވެދާނެކަމަށް ފާހަގަކުރެވޭ ނުރައްކާތަކާއި، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ ކަމަށް ބެލެވޭ ނުރައްކާތަކާއި، ކޮންޓްރޯލްސްތަކުގައި ހުރި ހީނަރުކަންތައްތަކާއި، ކުރިމަތިވެދާނެ ހާދިސާތަކާއި، އެކްސްޓަރނަލް ފެކްޓަރސްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ހިމެނޭހެން، ކުންފުނީގެ ޖުމްލަ ރިސްކް ޕްރޮފައިލް ދިރާސާކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން. އަދި ފާހަގަކުރެވޭ މުހިންމު މައްސަލަތައް ޗީފް އިންޓަރނަލް އޮޑިޓަރގެ ސަމާލުކަމަށް ގެނައުން.
  • ޗީފް އޮޑިޓް އޮފިސަރަށާއި، މެނޭޖްމަންޓަށާއި، އަދި ބޯޑުގެ އޮޑިޓް އެންޑް ރިސްކް ކޮމިޓީއަށް ހުށަހެޅުމަށްޓަކައި، ދައުރީކޮށް ތައްޔާރުކުރަންޖެހޭ ރިސްކް ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  • އެއްބަސްވެފައިވާ ރިސްކް ޓްރީޓްމަންޓް ޕްލޭންތަކާއި މިޓިގޭޝަން އެކްޝަންތައް ވަގުތުން ތަންފީޒުކުރުމަށް ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން ރިސްކް އިންސިޑެންޓް ލޮގެއް ބެލެހެއްޓުމާއި، ރިސްކް އިވެންޓްތައް ތަހުގީގުކުރުމުގައި އެހީތެރިވުން.
  • ކޯފަރޭޝަންގެ ތެރޭގައިވާ ނުރައްކާތަކަށް ސަމާލުވުމުގެ ސަގާފަތެއް އަށަގަންނުވައި، މުވައްޒަފުން ހޭލުންތެރިކުރުވުމަށްޓަކައި "ރިސްކް މެނޭޖްމަންޓް" އާ ގުޅޭ ސެޝަންތައް ރާވައި ހިންގުމުގެ މަސައްކަތްކުރުން.
  • ރިސްކަށް ބިނާކޮށް އެކުލަވައިލާ އަހަރީ އޮޑިޓް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ ރިސްކްތަކުގެ މަޢުލޫމާތާއި، އެއާ ގުޅުންހުރި މާހައުލީ ކަންކަން ފޯރުކޮށްދިނުމުގައި ޗީފް އިންޓާނަލް އޮޑިޓަރަށް އެހީތެރިކަން ފޯރުކޮށްދިނުން.                                  
  • ކޯޕަރޭޝަނުން ޙަވާލުކުރެވޭ އެހެނިހެން ރަސްމީ މަސައްކަތްތައް ޗީފް އިންޓަރނަލް އޮޑިޓަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.
  • ކޯޕަރޭޝަނުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

3. ފޯމު ހުށަހަޅަންވީ ތަނާއި ތާރީޚް:

13 އޮގްސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

5. އިތުރު މަޢުލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

އިބްރާޙީމް ޝިޢުރީ، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

06 އޮގަސްޓް 2026
ހޯދާ