މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2026، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ކައުންސިލް ކަޕް 2026، ފުޓްބޯޅަމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

ޒުވާނުންނަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2026"، 03 ސެޕްޓެމްބަރ 2026 ވަނަ ދުވަހު މިރަށުގެ މިނީސްޓޭޑިއަމްގައި ފެށުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި ޓީމްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 09 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުން ފެށިގެން 23 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހާއި ހަމައަށް ރަސްމީ ކޮންމެ ދުވަހަކު 9:30 ން 14:00 ގެ ނިޔަލަށެވެ. ފޯމް ހުށަހަޅުއްވާއިރު ފޯމްގައިވާ މަޢްލޫމާތުތައް ރަނގަޅަށް ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފޯމް ހުށަހަޅަންވާނީ މިއިޢްލާނާއިއެކު ޢާންމުކޮށްފައިވާ ޤަވާއިދުތައް ރަނގަޅަށް ކިޔުމަށްފަހު ޤަވާއިދުގައިވާ ގޮތާއިމެދު އެއްބަސްވެ ހުރެއެވެ. މުބާރާތުގެ ޤުރުއަތު ނަގާނީ 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ކައުންސިލް އިދާރާގެ ހުރަވީ މާލަމްގައެވެ. މިއިޢްލާނާއިގުޅޭ ގޮތުން އިތުރު މަޢްލޫމާތެއް ސާފުކުރަން ބޭނުންނަމަ 6640074 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

06 އޮގަސްޓް 2026
ހޯދާ