މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް
ދިވެހިރާއްޖެ
މާލެ ސިޓީ އިމާމު އައްވަލް، އިމާމު، ނާއިބް އިމާމު، އިމާމު މުސާޢިދު އައްވަލް، މުސާޢިދު އިމާމު، މުދިމު މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމް:

އިމާމު އައްވަލް، އިމާމު، ނާއިބް އިމާމު، އިމާމު މުސާޢިދު އައްވަލް، މުސާޢިދު އިމާމު، މުދިމު

މަޤާމުގެ ނަންބަރު:

J-319004, J-435739

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ގިންތި:

ދާއިމީ

ސެކްޝަން/ޔުނިޓް:

މޮސްކް މެނޭޖްމަންޓް ސެކްޝަން / ގްރޭޓަރ މާލެ މޮސްކް ޔުނިޓް

މަޤާމް އޮތް އޮފީސް:

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެ ސިޓީ މިސްކިތްތައް

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. އިމާމުންގެ ޖޮބް މެޓްރިކްސްގައި ކަނޑައަޅާފައިވާ އުސޫލުން ހާޒިރީ އިނާޔަތް ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީން ޙަވާލުކުރާ މިސްކިތަކަށް، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ ކުރިން، ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި ރަނގަޅުކުރެވެންހުރި ކަންކަން ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  2. އިމާމުވެ ހުކުރު ނަމާދާއި ޢީދު ނަމާދު އަދި ކޭތަ ނަމާދުކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން މިނިސްޓްރީން  އަންގައިފި ހިނދެއްގައި ކޭތަނަމާދާއި، ޢީދުނަމާދާއި، ހުކުރުނަމާދުކުރުމާއި، އިމާމުވެ ތަރާވީޙް ނަމާދާއި ދަމު ނަމާދު ކުރަންޖެހޭ ޙާލަތްތަކުގައި އެނަމާދުތައް ކުރުން. އަދި އިމާމުވެ ކަށު ނަމާދުކުރަންޖެހޭ ޙާލަތްތަކުގައި ކަށު ނަމާދުކުރުން. އަދި މިނިސްޓްރީން އެދިއްޖެ ޙާލަތެއްގައި ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  3. މިސްކިތްތަކުގެ ދައުރު ފުޅާކުރުމުގެ ގޮތުން ނަމާދުކުރުމުގެ އިތުރަށް މިސްކިތްތަކުގައި ޤުރްއާން ކުލާސް ހިންގުމާއި ނަމާދު ކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ނަމާދަށް އަޙުލުވެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި އިސްލާމީ ރިވެތި އަދަބުތަކާއި، އުސޫލްތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ބޮޑެތި މިސްކިތްތަކުގައި ލައިބްރަރީ ކޯނަރތައް އުފައްދައި އެތަންތަނުގެ ބޭނުން ހިފުމުގެ ހަރަކާތްތައް ރާވާ އިންގުމާއި މި ކަންކަން ކުރިއަށް ގެންދިއުމަށް އެހެން އިމާމުންނަށް ބޭނުންވާ ތަމްރީނު ދީ އެކަންކަން ކުރުމާއި ކުރުވުން.
  4. މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް މިނިސްޓްރީގެ ހުއްދައާއެކު ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  5. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން އޮފީހަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  6. މިނިސްޓްރީން ނެރޭ ދީނީ ފޮތްތައް (ރިޔާޟުއްޞާލިޙީން، ފިޤްހު ސުންނާ ފަދަ ފޮތްތައް) މިސްކިތްތަކުގައި ނަމާދަށް ފަހު 10 މިނެޓާއި  15 މިނެޓާއި ދެމެދުގެ ވަގުތުކޮޅަކަށް ކުރިޔަށް ގެންދިޔުން
  7. މިސްކިތުގެ ސާފު ތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާ ގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  8. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައި ކަމާބެހޭ އިދާރާއަށް އަންގައި އެކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
  9. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާޙައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  10. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީގެ ނުވަތަ ކައުންސިލްގެ ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކޮށްފައި ނުވަތަ ބަހައްޓަފާއި ހުރިނަމަ އަދި މިސްކިތްތެރޭގައި މިނިސްޓްރީން ފާސްކޮށްފައިނުވާ އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ އެކަން މިނިސްޓްރީއަށް އެންގުން.
  11. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމް ދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ޙަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަން އުޅޭކަން އެނގިއްޖެނަމަ ސުޕަވައިޒަރަށް އަންގާ އެބޭފުޅަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  12. މިނިސްޓްރީން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ޓްރެއިނަރުން ތަމްރީނުކުރުމުގެ ގޮތުން މިނިސްޓްރީން ހިންގާ ޚާއްސަ ތަމްރީން ޕޮގްރާމްތަކުގައި ބައިވެރިވުން.
  13. މިނިސްޓްރީން ރާވައި ހިންގާ ތަމްރީނު ޕްރޮގްރާމު ތަކުގައި ބައިވެރިވެ އެއްބާރުލުންދިނުން.
  14. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަގާމުގެ ޝަރުޠުތައް:

 

މަގާމު

 

ރޭންކް

މަގާމުގެ ޝަރުޠު

މަގާމުގެ އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

إﻣﺎم أول

(އިމާމު އައްވަލް)  

ޕަބްލިކް ސަރވިސް ރޭންކް

8

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން.

ނުވަތަ

  1.  މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ ނުވަތަ ބެޗިލަރސް އޮނަރސް ޑިގްރީ  ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/13055 ރުފިޔާ

-/4785 ރުފިޔާ

إﻣﺎم (އިމާމު)

ޕަބްލިކް ސަރވިސް ރޭންކް

7

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީ ނުވަތަ ބެޗިލަރސް އޮނަރސް ޑިގްރީ  ހާސިލްކޮށްފައިވުން.

-/11070 ރުފިޔާ

-/4055 ރުފިޔާ

ﻧﺎﺋﺐ إﻣﺎم

(ނާއިބް އިމާމު)

ޕަބްލިކް ސަރވިސް ރޭންކް

5

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ  ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ސެޓުފިކެޓެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

-/9600 ރުފިޔާ

-/3430 ރުފިޔާ

إﻣﺎم ﻣﺴﺎﻋﺪ أول (އިމާމު މުސާޢިދު އައްވަލް)

ޕަބްލިކް ސަރވިސް ރޭންކް

4

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސް ސެޓްފިކެޓެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ސެޓުފިކެޓެއް ހާސިލްކޮށްފައިވުމާއެކު، އިމާމެއްގެ ގޮތުގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/9530 ރުފިޔާ

-/2450  ރުފިޔާ

 

ﻣﺴﺎﻋﺪ إﻣﺎم (މުސާޢިދު އިމާމު)

ޕަބްލިކް ސަރވިސް ރޭންކް

3

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ސެޓުފިކެޓެއް ހާސިލްކޮށްފައިވުން.

-/9005 ރުފިޔާ

-/2185  ރުފިޔާ

މުދިމު

ޕަބްލިކް ސަރވިސް ރޭންކް

2

1. އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު      މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން.

-/8295 ރުފިޔާ

-/2135  ރުފިޔާ

ތަޢުލީމީ ދާއިރާ (އިމާމް އައްވަލް – އިމާމް)

އިމާމް އެންޑް ޚަތީބު، ޤިރާއަތް، ޓީޗިންގ ޤުރުއާން، ޤިރާއަތް އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ސްޓަޑީޒް، ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޤުރުއާނިކް ސްޓަޑީޒް، ޤުރުއާނިކް ސައިންސަސް، ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް،ޝަރީޢާ، އިސްލާމިކް އެތިކްސް، ދަޢުވާ، އުސޫލުއްދީން، ފިޤުހު، ފިޤުހު އެންޑް އުސޫލުލްފިޤުހު، ޢަޤީދާ، ޢަޤީދާ އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން، ސައިންސް އޮފް ހަދީޘް، އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް، ޤުރުއާން ތަފްޞީރު، އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަރޝިޕް

ތަޢުލީމީ ދާއިރާ (ނާއިބް އިމާމް)

އިމާމް އެންޑް ޚަތީބު، ޤިރާއަތް، ޓީޗިންގ ޤުރުއާން، ޤިރާއަތް އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ސްޓަޑީޒް، ޓީޗިންގ އިސްލާމިކް ސްޓަޑީޒް، ޓީޗިންގ ޤުރުއާނިކް ސްޓަޑީޒް، ޤުރުއާނިކް ސައިންސަސް، ޤުރުއާން އެންޑް ސުންނާ ސްޓަޑީޒް،ޝަރީޢާ، އިސްލާމިކް އެތިކްސް، ދަޢުވާ، އުސޫލުއްދީން، ފިޤްޙް، ފިޤްޙް އެންޑް އުސޫލުލްފިޤްޙް، އަޤީދާ، އަޤީދާ އެންޑް އިސްލާމިކް ތޯޓްސް، އިސްލާމިކް ތޯޓްސް އެންޑް ސިވިލައިޒޭޝަން، ސައިންސް އޮފް ހަދީޘް، އިމާމްޝިޕް އެންޑް ލޯކަލް ގަވަރނަންސް،ޤުރުއާން ތަފްސީރު، ހާފިޒްކަމުގެ ސަނަދު

ތަޢުލީމީ ދާއިރާ (އިމާމް މުސާޢިދު އައްވަލް)

ޤިރާއަތް، ޤިރާއަތުލް ޤުރުއާން، ޤާރީ ކޯސް، ޤުރުއާން މުދައްރިސްކަމުގެ ކޯސް، ޓީޗިންގ ޤުރުއާން، އިމާމްކަމުގެ ސެޓްފިކެޓް، ހާފިޒްކަމުގެ ސަނަދު

ތަޢުލީމީ ދާއިރާ (މުސާޢިދު އިމާމް )

އިމާމް، ޤިރާއަތް، ޤާރީ ކޯސް، ޤިރާއަތް އަލް ޤުރުއާން، ޓީޗިންގ ޤުރުއާން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ރިލިޖަސް ސަރވިސަސް

 

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސް ތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތަކާއި

އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށާއި ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މިންގަނޑު ހާސިލްވެފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް މުދިމުންނާ އިމާމުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2022 ގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޮގަސްޓް 17ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓް ލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 އޮގަސްޓް 27 އާއި 2026 ސެޕްޓެމްބަރ 24 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

06 އޮގަސްޓް 2026
ހޯދާ