ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުޓު ބޯޅަ ދަނޑުގެ ވަށައިގެންވާ ޕޭމަންޓުގެ މަތީގައިހުރި ކާޕެޓު ވިނަތައް ނަގައި އަދި ކާޕެޓްވިނަ ނުފަޅާނެހެން ގެޕްތައް ބައްދައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އިޢުލާނު
ފުޓު ބޯޅަ ދަނޑުގެ ވަށައިގެންވާ ޕޭމަންޓުގެ މަތީގައިހުރި ކާޕެޓު ވިނަތައް ނަގައި އަދި ކާޕެޓްވިނަ ނުފަޅާނެހެން ގެޕްތައް ބައްދައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ
ކިނބިދޫ ފުޓްބޯޅަ ދަނޑުގެ ވަށައިގެންވާ ޕޭމަންޓުގެ މަތީގައި ހުރި ކާޕެޓު ވިނަތައް ނައްޓާއި އަދި ދެޝީޓް ދޭތެރޭގައިހުރި ވިނަތައްވެސް ނައްޓައި ގެޕް ސާފުކުރުމަށްފަހު (މަޢުލޫމާތު ޝީޓުގައިވާ ގޮތަށް މަސައްކަތްކޮށް) ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށާއި ޖަމިއްޔާތަކާ ބެހޭ ޤާނޫނު (ނަންބަރު 2003/1) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޖަމާޢަތްތަކަށެވެ.
- ބީލަމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ 1 (އެކެއް) ބީލަމެވެ.
- ބީލަމުގައި ރަޖިސްޓްރީ ވުމަށް -/150 ރ (ސަތޭކަ ފަންސާސް ރުފިޔާ) ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ދައްކަން ވާނެއެވެ.
- މި ބީލަމުގައި ބައިވެރި ވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ރެޖިސްޓްރޭޝަން ފީ މިއިދާރާގެ ނަންބަރު: 7725 700293 001(1443 ރެވެނިއު 1) އަށް ޖަމާކޮށް ޓްރާންސްފާ ސްލިޕް 9798637 އަށް ވައިބަރ ކުރުމަށްފަހު މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ "ފޯމް" ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވިކަމަށް ޔަޤީން ކުރަންވާނީ ރަޖިސްޓްރީ ވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެނޭނެ އެންމެފަހު ތާރިހަކީ 2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ.
- ފައިސާ ދެއްކި ކަމުގައި ވިޔަސް، ރަޖިސްޓްރީ ވުމަށް ދެވިފައިފާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ވުމަށް އެދޭ ފޯމް ހުށަނާޅާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. އަދި މިހެން ޖަމާކުރާ ފައިސާވެސް އަނބުރާ ރައްދު ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
- ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 2026 އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
- ބީލަންތައް ހުށައަޅަން ވާނީ ސިޓީ އުރައެއްގައި ބަންދު ކޮށްފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށައަޅާ ފަރާތުގެ ނަމާއި، އިޢުލާން/ ޕްރޮޖެކްޓް ނަންބަރު، ކޮންކަމަކަށް ހުށައަޅާ އަންދާސީ ހިސާބެއްކަން ލިޔެފައި އޮންނަން ވާނެއެވެ.
- ހުށައަޅާ އަންދާސީ ހިސާބުތައް ވަޒަން ކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށައަޅަން ޖެހޭ ތަކެތީގެ ތަފުސީލު ބީލަމާ ގުޅޭ މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފު ކުރުމަށް
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ.ކިނބިދޫ/ ދިވެހިރާއްޖެ
ފޯން:6780031
އީމެއިލް: [email protected]
23 ޞަފަރު 1447
06 އޮގަސްޓް 2026
ހޯދާ
